ރާއްޖެއަށް ރާޑަރު ސިސްޓަމްތަކެއް ހޯދަން ޑިފެންސް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

ޑިފެންސް މިނިސްޓްރީން ކޮމްޕިލީޓް ރާޑަރު ސިސްޓަމްތަކެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން އިއުލާން ކުރިއިރު، މިދިޔަ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މޭޖާ އަހުމަދު މުޖުތަބާ ވިދާޅުވެފައިވަނީ އިންޑިއާއިން ބަހައްޓާ 10 ރާޑަރުގެ ތެރެއިން ހަތަރު ރާޑަރު ސްޓޭޝަނެއްގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަނެއް ހަ ރާޑަރުގެ މަސައްކަތް މި އަހަރުގެ މެދުތެރެއަށް ނިމޭނެ ކަމަށާއި އެ ރާޑަރުތައް ކޯސްޓް ގާޑުގެ ކޮމާންޑް ސެންޓަރުތަކާ ގުޅާލައި މި އަހަރު ބޭނުން ކުރަން ފަށާނެ ކަަމަށެވެ.

ރާޑަރު ސިސްޓަމްތަށް ސަޕްލައިކޮށްދޭން ބޭނުންވާ ފަރާތްތަކުން މިމަހު 28 ވަނަ ދުވަހު އެ މިނިސްޓްރީއަށް ގޮސް މައުލޫމާތު ސާފުކުރަން ޑިފެންސުން ވަނީ އެދިފައެވެ. އަދި އަންނަ މަހު ދެވަނަ ދުވަހުގެ މިނިސްޓްރީއަށް ގޮސް އަންދާސީ ހިސާބު ހުށަޙަޅަން އެދޭ ކަމަށް ވެސް މިނިސްޓްރީގެ އިއުލާންގައި ބުނެފައި ވެއެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ "އިކޮނޮމިކް ޓައިމްސް" އިން އެ ގައުމުގެ އަސްކަރިއްޔާގެ އިސް އޮފިޝަލުންނާ ހަވާލާދީ އިއްޔެ ރިޕޯޓް ކުރި ހަބަރެއްގައި ބުނެފައިވަނީ ރާއްޖޭގެ އިގްތިސޯދީ ސަރައްދު ބަލަހައްޓަން އިންޑިއާއިން ދީފައިވާ 10 ރާޑަރު ސިސްޓަމްތައް ހަރުކުރުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ. ރާޑަރުތައް ހަރުކުރުމުގެ މަސައްކަތް ކުރަނީ ވެސް އިންޑިއާ ސިފައިން ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *