ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، މިނިސްޓަރުންގެ ނައިބު ފެންވަރުގައި ފަސް މަގާމަކަށް ބޭފުޅުން އައްޔަން ކުރައްވައިފި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދީފިއެވެ.
ރައީސް އޮފީހުން ވިދާޅުވީ، އެމަނިކުފާނު، މިނިސްޓަރުންގެ ނައިބު ފެންވަރުގައި ޢައްޔަން ކުރައްވާފައިވަނީ މިނިސްޓަރ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުގެ ނައިބުގެ މަޤާމަށް ހަމަޖެއްސެވި ޒުހުރުﷲ ސިޔާދާއި، މިނިސްޓަރ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުގެ ނައިބުގެ މަޤާމަށް ހަމަޖެއްސެވި މުޙައްމަދު ޢާޡިމާއި، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުގެ ނައިބުގެ މަޤާމަށް މުޙައްމަދު އަޛުމީލާއި، މިނިސްޓަރ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުގެ ނައިބުގެ މަޤާމަށް ޚާލިޞް ޝަރީފް އަދި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް އެޑްވައިޒަރުގެ މަޤާމަށް ހަމަޖެއްސެވީ ޚަދީޖާ ނަސީމް ކަމަށެވެ.