ގެރިއެއް ކަތިލި މައްސަލައިގައި އިންޑިއާގެ ފުލުހުން ހަތް މުސްލިމަކު ހޯދަންފަށައިފިއެވެ. އުއްތަރަޕުރަދޭޝްގެ ނަޔާބަން އަވަށުގައި ގެރިއެއް ކަތިލި މައްސަލައަކާ ގުޅިގެން އިންޑިއާގެ ފުލުހުން ހަތް މުސްލިމަކު ހޯދަން މަސައްކަތް ފަށައިފައިވާކަމަށް އިންޓަނޭޝަނަލް ނޫހެއްކަމަށްވާ "ނިއުސް އެެއިޓީން" އިން މައުލޫމާތު ދީފިއެވެ.
މިމައްސަލައާއި ގުޅިގެން ހިނގި ހަމަނުޖެހުންތަކުގައި އިންޑިއާ ފުލުހުންގެ އޮފިސަރަކާއި އާންމު ރައްޔިތެއް މަރުވެފައިވާ ކަމަށް އިންޓަނޭޝަނަލް ނޫހެއްކަމަށްވާ "ނިއުސް އެެއިޓީން" އިން މައުލޫމާތު ދެއެވެ. އަދި ހޯދަން އިއުލާން ކޮށް މަސައްކަތް ކުރަމުންދާ ހަތް މުސްލިމުންގެ ތެރޭގައި 11 އަހަރުގެ ކުޑަކުއްޖަކާއި 12 އަހަރުގެ ކުއްޖެއް ހިމެނޭކަމަށް އެނޫހުން މައުލޫމާތު ދެއެވެ.
ގެރި އަކީ އިންޑިއާގެ ހިނދޫންގެ ތެރޭގައި، ﷲ (ސުބަހާނަހޫ ވަތައާލާއަށް) ޝިރުކު ކުރުމުގެ ގޮތުން މާތް ކުރެވި އަޅުކަން ކުރަމުންދާ ޖަނަވާރެކެވެ. އަދި އިންޑިއާ ސަރުކާރުން ވަނީ ހިނދޫންގެ ހައްގު ރައްކާތެރި ކޮށްދިނުމަށް ކަމަށްބުނެ ގެރި ކަތިލުމާއި ގެރިމަސް ކެއުމަކީ އިންޑިއާގައި މަނާ ކަމެއް ކަމަށް ކަނޑައަޅާފައެވެ.
މީގެ ކުރިންވެސް އެތައް ފަހަރަކު ގެރި ކަތިލިކަމަށް ބުނެ ހިނދޫއިން ވަނީ މުސްލިމުން މަރައި، ހަމަނުޖެހުން ހިންގާފައެވެ. މުސްލިމުންނަށް ކުރަމުން ގެންދާ ލާއިންސާނީ އަނިޔާތައް އިތުރުވެގެންދާއިރު މިކަންކަން ހުއްޓުވުމަށް ބައިނަލްއަގްވާމީ ޖަމާއަތްތަކުން އަދި ގައުމުތަކުންވެސް އިންޑިއާއަށް ބާރުއަޅާ ތަނެއް ނުފެނެއެވެ.