ތިން ރަށެއްގެ ކުޅި ހިމާޔަތްކުރުމުގެ މަޝްވަރާ ވަޒީރުންގެ މަޖިލީހުގައި މިއަދު ފައްޓަވައިފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއްވައިފިއެވެ.

ރައީސް އޮފީހުން އިތުރަށް މައުލޫމާތު ދެއްވި ގޮތުގައި ހިމާޔަށް ކުރުމަށް މަޝްވަރާކުރެވެމުން ދަނީ ހދ. ކޭލަކުނާއި، ހދ. ނޭކުރެންދޫއާއި، ހއ. ބާރަށުގެ ކުޅި ހިމެނޭ ސަރަހައްދެވެ. 

މިމަޝްވަރާތަކުގައި ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށާއި، އެއް ފަރާއި، އެއް ކަނޑޫފާ ރައްކާތެރިކުރުމަކީ، މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދުމަށް ކަނޑައަޅާފައިވާ ވައުދެއްކަން ވަޒީރުން ފާހަގަ ކުރެއްވި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

 މީގެ އިތުރުން ރައީސް އޮފީހުން ވިދާޅުވީ، އިޤްތިޞާދީ ތަރައްޤީއަށް ރަށްތައް ކަނޑައެޅިގެންދާއިރު، ތިމާވެށީގެ ޚާއްޞަ މާޙައުލުތައް އެކުލެވޭ މިފަދަ ބައެއް ރަށްރަށާއި ސަރަހައްދުތައް، އަންނަން އޮތް ޖީލުތަކަށްޓަކައި ޙިމާޔަތްކުރެވި ފޯރުކޮށްދިނުމަކީ ވަރަށް މުހިއްމު ކަމެއްކަން ވަޒީރުން ފާހަގަ ކުރެއްވި ކަމަށެވެ. އަދި ތިލަދުންމައްޗަކީ ތިމާވެށީގެ ގޮތުން މުއްސަނދި މާޙައުލުތަކެއް އެކުލެވިގެންވާ ސަރަހައްދެއް ކަމަށާއި، ތިމާވެށި ޤާނޫނުގެ ދަށުން މި ދެ އަތޮޅުގައި މިހާތަނަށް އެއްވެސް ސަރަހައްދެއް ނުވަތަ ތަނެއް ޙިމާޔަތް ކުރެވިފައި ނުވާކަންވެސް ވަޒީރުން ފާހަގަ ކުރެއްވެވި ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.