ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ސްޓޭޓްގެ މަޤާމަށް ތިން ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ސްޓޭޓްގެ މަޤާމަށް އައްޔަން ކުރެވުނު ތިން ބޭފުޅުންނަކީ،
- މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިއުކޭޝަންގެ މަޤާމަށް، ޑޮކްޓަރ ޢަބްދުﷲ ރަޝީދު ޙަސަން
- މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހަޔަރ އެޑިއުކޭޝަންގެ މަޤާމަށް، މުޙައްމަދު ހާޝިމް
- މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓްގެ މަޤާމަށް، ޑޮކްޓަރ ޢަބްދުﷲ ނަޞީރް
ގާނޫނުއަސާސީގައި ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން މަގާމަށް އައްޔަން ކުރެވުނު ބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ދެއްވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އެވެ.