އަމީރު އަހުމަދު މަގުގައި އިސްލާމީ މަރުކަޒު ސަރަހައްދުން ކުރިން ބަންދު ކުރެވިފައިވާ ހިސާބު އަލުން ހުޅުވާލަން ޓްރާންސްޕޯޓް މިނިސްޓްރީން ނިންމަވައިފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ހަފްތާތެރޭގައި ބަންދު ކުރެވިފައިވާ ހިސާބު ވެހިކަލްތަކަށް ދުއްވޭނެހެން އަލުން ހުޅުވާލާނެ ކަމަށެވެ. އަދި ރަސްރަނި ބަގީޗާ ކުރިމަތީގައި އޮންނަ މެދުޒިޔާރަތް މަގުވެސް ވެހިކަލްތަކަށް ދުއްވޭނެހެން އަލުން ހުޅުވާލުމަށް މަސައްކަތް ކުރަމުންދާ ކަމުގައެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފުރުތަމަ 100 ދުވަސް ތެރޭގައި ކުރަން ހިމަނައިފައިވާ ކަންކަމުގެ ތެރޭގައި ބަންދު ކުރެވިފައިވާ މަގުތައް އަލުން ހުޅުވާލުމަށާއި މަގުތަކަށް ގެންނަންޖެހޭ މުހިއްމު ބަދަލުތައް ގެނެއުމުގެ މަސައްކަތް ހިމެނެއެވެ.