ޕެޓްރޯލާއި ޑީސަލްގެ ވިޔަފާރިކުރާ ތަންތަން 24 ގަޑިއިރު ހުޅުވާފައި ބެހެއްޓޭގޮތައް އިކޮނޮމިކް މިނިސްޓްރީއިން މިއަދު ހަމަޖައްސަވައިފިއެވެ. 

އިމްޕޯޓު މުދަލުގެ ވިޔަފާރި ކުރުމުގެ ގަވާއިދަށް މިއަދު ގެނެވުނު އިސްލާހުގައި ވާގޮތުން، މީހުން ދިރިއުޅޭ ރައްރަށުގައި ހުންނަ ޕެޓްރޯލާއި ޑީސަލުގެ ވިޔަފާރި ކުރާ ތަންތަން 24 ގަޑިއިރު ހުޅުވާފައި ބެހެއްޓިދާނެއެވެ. އަދި އެތަންތަނަކީ، ކަމާބެހޭ އެއްމެހާ ޤާނޫނު ތަކާއި ގަވާއިދު ތަކުގެ ދަށުން ސަރުކާރުގެ ހުއްދަ ލިބިފައިވާ ތަންތަނަށް ވާންޖެހޭނޭ ކަމަށްވެސް މިއިސްލާހުގައި ވެއެވެ.

އިމްޕޯޓު މުދަލުގެ ގަވާއިދު ކުރިން އޮންނަގޮތުން ޕެޓްރޯލާއި ޑީސަލުގެ ވިޔަފާރި ކުރާތަންތަން ހުޅުވާފައި ބެހެއްޓޭނީ ފަތިހު 5 އިން، މެންދަމު 12 ޖަހަންދެނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.