ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓުމަންޓުގެ ވެރިޔާ ކަމުގެ މަގާމުން ވަކިކުރި މުހައްމަދު ހަމީދަށް އަލުން ވަޒީފާ ދިނުމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ އެއްގޮތަށް މުހައްމަދު ހަމީދަށް، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު މިއަދު ދެއްވައިފިއެވެ އެވެ.
ކުރިން ޗީފް ސުޕްރިޓެންޑެންޓެއްގެ މަގާމުގައި ހުންނެވި ހަމީދަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު ހަވާލުކުރެއްވިކަމުގެ ލިޔުން ދެއްވީ ކޮމިޝަނާ އޮފް ޕޮލިސް ހަމްދޫން ރަޝީދެވެ.
ހަމީދު އޭރު ވަޒީފާއިން ވަކިކުރީ ފުލުހުންގެ ސިއްރު މައުލޫމާތުތަކެއް ލީކު ކުރިކަމުގެ ތުހުމަތުގައި 2012 ވަނަ އޮގަސްޓް މަހުގައެވެ. އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ހުކުމްކުރީ އޭނާ ކުރިން ހުރި ފެންވަރުގެ ވަޒީފާއެއް އަނބުރާ ދިނުމަށެވެ. ނަމަވެސް 2013 ވަނަ އަހަރު ސިވިލް ކޯޓުގެ ހުކުމް ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން ހުކުމްކުރީ ހަމީދަށް ފުލުހުންގެ ވަޒީފާ އަނބުރާ ދޭން ނުޖެހޭ ކަމަށާއި އެހެންވެ ސިވިލް ކޯޓުގެ ހުކުމް ބާތިލްކުރާ ކަމަށެވެ.