އިންވެސްޓަރުންގެ ހައްގުތައް ހިމާޔަތްކުރުމަށް ފުރިހަމަ ޑިސްޕިއުޓް ރިޒޮލިއުޝަން އަދި އާބިޓްރޭޝަންގެ ނިޒާމެއް ގެނައުމަށް ގެންނަންޖެހޭ ބަދަލުތައް ދިރާސާ ކުރަމުން ގެންދަވާ ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު މިއަދު ވިދާޅުވެއްޖެ އެވެ.

އެޓާނީ ޖެނެރަލް މިހެން ވިދާޅުވެފައި ވަނީ މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ ބޯޑު މެމްބަރުންނާ އެކު ހޮންކޮންގްގެ އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް އޭނާ މިހާރު ކުރައްވަމުން ގެންދަވާ ޒިޔާރަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އިންވެސްޓްމަންޓްތައް ހިމާޔަތް ކުރެވޭނެ ގޮތަށް، އަވަސް ޑިސްޕިއުޓް ރިޒޮލިއުޝަންގެ ނިޒާމެއް ގެނައުމަށް ސަރުކާރުން މިގެންދަނީ މިހާރު އޮތް ލެޖިސްލޭޓިވް ފްރޭމްވޯކް ރިވިއު ކުރަމުން،" ރިފްއަތު ވިދާޅުވެފައިވެ އެވެ.

މިދިޔަ ހޯމަ ދުވަހުން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށް ކުރިއަށް ގެންދާ އެ ޒިޔާރަތުގައި ރާއްޖޭގެ އާބިޓްރޭޝަން ސެންޓަރުގެ ޗެއާމަން ކަމަށް ދާދިފަހުން އައްޔަން ކުރެއްވި ވަކީލް ޝަހުދީ އަންވަރާއި އެ ބޯޑުގެ މެމްބަރު ކަމަށް އައްޔަން ކުރައްވާފައިވާ ވަކީލް ހުސައިން ސިރާޖް އަދި ވަކީލް ސަފާ ޝަރީފް ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *