ވެރިކަމުން ފައިބާވަޑައިގެންނެވި ފަހުން މީޑިއާގެ ކުރިމައްޗަށް ހުއްޓިވަޑައިގެންނެވި ފުރަތަމަ ފަހަރުވެސް ކުރީގެ ރައީސް ޔާމީނު ނޫސްވެރިންނަށް ބަހުގެ ހޫނު ހަމަލާތަކެއް ދެއްވަވައިފިއެވެ. މިގޮތުން ކުރިއަށްއޮތް މަޖިލީސް އިންތިހާބުގައި ޕީޕީއެމް އިން ވާދަކުރައްވާ ކެންޑިޑޭޓުންނަށް ޕާޓީގެ ޓިކެޓު ހަވާލުކުރެއްވުމަށް އެޕާޓީގެ އޮފީހުގައި ރޭ ބޭއްވެވި ރަސްމިއްޔާތުގައި އެމަނިކުފާނު ފެނިވަޑައިގަތީ އިހުނަށްވުރެވެސް ރުންކުރުކޮށް ނޫސްވެރިންނަށް ޖަވާބު ދެއްވަވާ ބޭފުޅެއްގެ ގޮތުގައެވެ.

މިގޮތުން ރައީސް ޞާލިހުގެ ސަރުކާރު ޒިންމާދާރު ކުރުމުގައި އިދިކޮޅު ޕާޓީގެ ހައިސިއްޔަތުން ޕީޕީއެމް އިން ކުރައްވާނީ ކޮންކަމެއްތޯ ނޫސްވެރިއަކު ސުވާލު ކުރެއްވުމުން ރައީސް ޔާމީނު ވިދާޅުވީ، މިސަރުކާރު ޒިންމާދާރު ކުރުވުމަކީ ހަމައެކަނި ޕީޕީއެމް އިން ކުރާންޖެހޭ ކަމެއް ނޫންކަމުގައެވެ. އަދި "މިސަރުކާރު ޒިންމާދާރު ކުރުވަން ޖެހޭތޯ؟ ވިދާޅުވެ، ނޫސްވެރިއާ އާއި ސުވާލު ކުރެއްވެވިއެވެ. "ރައްޔިތުން އިންތިހާބުކުރި ސަރުކާރެއް ނޫންތޯ މިއީ؟ ރައްޔިތުން ނޫންތޯ ސަރުކާރު ޒިންމާދާރު ކުރުވަން ޖެހޭނީ؟ އަޅުގަނޑަކަށް ނުވިސްނޭ" ކަމަށް ރައީސް ޔާމީނު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ނާކާމިޔާބީގެ ޖަޒުބާތުގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް ވިދާޅުވީ "ސަރުކާރު ޒިންމާދާރު ކުރުމަކީ ނޫސްވެރިންނަށްވެސް ކުރެވޭނެކަމެއް، ނޫސްވެރިންވެސް އެމަސައްކަތް ކުރަން ޖެހޭނެ" ކަމުގައެވެ. އަދި ސަރުކާރުން ރައްޔިތުން އެދޭފަދަ ގޮތަކަށް ކަންކަން ކުރަމުން ނުދާނަމަ، އެކަންކަން ހުއްޓުވުމުގައި ޕީޕީއެމް އަށްވެސް އޮތީ ރައްޔިތުންނާއި އެއްވަރުގެ ހައްގެއް ކަމުގައެވެ. "ނޫސްވެރިކަމުގެ މިނިވަންކަން ނުލިބިގެން އުޅުނީ ނޫސްވެރިން" ކަމުގައި ވިދާޅުވެ ނޫސްވެރިންނަށް ރައީސް ޔާމީނު މަލާމާތް ރައްދު ކުރެއްވެވިއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.