މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ކ. މާފުށި ޕޮލިސް ސްޓޭޝަނާއި، ކ. ގުރައިދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި ކަމަށް ފުލުހުން މައުލޫމާތު ދެއްވައިފިއެވެ.
ފުލުހުންނަށް ހިންގި އޮޕަރޭޝަންގައި މާލެއިން ފުރައިގެން ރިސޯޓަކަށް ދަތުރުކުރަމުންދިއަ ފެރީއަކުން މަސްތުވާތަކެތި ގެންދާ ކަމަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 51 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށާއި، އަދި މިމީހާ ބަލައިފާސްކުރުމުން، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން މައުލޫމަތު ދެއްވައެވެ.
މިމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކ. ގުރައިދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއްވަނީ ދީފައެވެ.
މި މައްސަލަ ކ. ގުރައިދޫ ޕޮލިސް ސްޓޭޝަނުންދަނީ ތަހުގީގު ކުރަމުންނެވެ.