އޮސްޓްރޭލިއާގެ ޔުނިވަރސިޓީއެއް ކަމަށްވާ މޮނާޝް ޔުނިވަރސިޓީ ކައިރީގައި ޕެޓްރޯލްކުރަމުން ދިޔަ ފުލުހުންގެ އޮފިސަރަކާ ބޭއަދަބީކޮށް ވާހަކަ ދެއްކި ކުއްޖެއްގެ ގަޔަށް ފުލުސް މީހާ ބަޑިޖަހައި އެ ކުއްޖާ މަރާލައިފިއެވެ.

މަންޒަރުދުށް މީހުން ހާމަކުރި ގޮތުގައި ޖޯން ވިލިއަމް ނަމަކަށް ކިޔާ މި ފުލުސްމީހާ އެކުއްޖާގެ ގަޔަށް ބަޑި ޖަހާފައިވަނީ އެއްވެސް އިންޒާރެއްނުދީއެވެ. އަދި އެމީހުން ބުނާ ގޮތުގައި އެފުލުސްމީހާ އެކުއްޖާ ގަޔަށް ބަޑި ޖެހިއިރު އެކުއްޖާ އެކަމާ ދެކޮޅަށް އަތް އުފުލުން ފަދަ ކަމެއްވެސް ކޮށްފައެއްނުވެއެވެ.

މިމައްސަލައިގެ ތަޙްޤީޤު ނިމެންދެން ފުލުސްމީހާވަނީ ސަސްޕެންޑްކޮށްފައެވެ.

މީގެކުރިން 2014 ވަނަ އަހަރު އެމެރިކާގައިވެސް ވަނީ މިފަދަަ ކަމެށް ހިނގާފައެވެ. އެފަހަރު އެމެރިކާގެ ފުލުސް މީހަކާ ބާރަށް ވާހަކަ ދެއްކި ކުއްޖެއް ވަނީ މަރާލާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.