މަސްވެރިކަމާއި ދަނޑުވެރިކަމަކީ ދިވެހީން އެމަސައްކަތަކެއްގެ މައްޗަށް ފަހިރުވެރިވުން ހައްގުވާ މަސައްކަތް ތަކެކެވެ. މަސްވެރިކަމުގެ ރޮނގުން ދިވެހިން މިހާރު މިވަނީ ތަހުޒީބުވެ ކުރިއަރާ ގޮސްފައެވެ. ޒަމާނީ ވަސީލަތްތަކާއި އެކު މަސްވެރިން ތިބީ އަތް ނުފޯރާފަށުގައެވެ.

ދަނޑުވެރިކަމަށް ބަލާއިރު އާންމުގޮތެއްގައި ދިވެހީން ކެޔުމަށް ބޭނުންވާ ބާވަތްތަށް ދިވެހި ފަސްގަނޑުން ލިބުމަކީ އާމްދަނީ ލިބޭ ހެޔޮ ފާލެކެވެ.

މިގޮތުން " ކަކޮޅަހު ވާޖެހި ކަމަށް ބުނާ " ކަނޑޫދޫއަކީ ބިމުގެ ތަނަވަސްކަމުގައި 79.7 ހެކްޓަރ ހިމެނޭ ބިންހެޔޮ މާ ރަށެކެވެ. އެކުވެރި މާހައުލެއްގައި ދިރިއުޅޭ މިރަށުގެ އާބާދީގައި 672 މީހުން އުޅެއެވެ. ފިރިހެނުންގެ އަދަދަކީ 327 އެވެ. އަންހެނުންގެ އަދަދު 345 އެވެ. ކަނޑޫދޫގައި ކިތަންމެ ކުޑަ އާބާދިއެއް އޮތްކަމުގައި ވީނަމަވެސް، ކަނޑޫދޫގެ ނަމަކީ ދުލަށް ފަސޭހަ ނަމަކަށް މިއަދު މިވަނީ ވެފައެވެ. އެގޮތުން ކަނޑޫދޫ މިރުހަކީ މިރުހުގެ ރަސްގެފާނުގެ ލަގަބު ލިބިފައިވާ ކުޅިކަމުގެ ލާމަސީލު މިސާލެކެވެ.

ޒުވާނުންގެ ތެރޭގައި ދަނޑުވެރިކަމަށް އޮތް ލޯބި އެރަށަށް އަރާލުމުން ހާމަވެގެންދާނެއެވެ. މިރަށުގެ ހީވާގި ދަނދުވެރިން ދަނޑުވެރިކަމަށް ކުރާ އުންމީދު ވަރަށްވެސް ބޮޑެވެ. އެހެން ނަމަވެސް އެބައި މީހުންގެ ދުވަސްވީ ޝަކުވާއެއް އެބައޮތެވެ. އެޝަކުވާ އަކީ ދަނޑުވެރިންނަށް ނިމުނު ސަރުކާރުންވީ އިހުމާލުގެ ޝަކުވާއެވެ. ކޮންމެ ދަނޑުވެރިޔަކަށް ދޭން ވައުދުވި 8000 ރުފިޔާ ސަރުކާރު ނިމިދިޔައިރުވެސް ނުލިބިވާކަމުގެ ޝަކުވާއެވެ. މިޝަކުވާ އަކީ ހަމައެކަނި ކަނޑޫދޫ ދަނޑުވެރިންގެ ޝަކުވާއަކަށް ނުވާނެއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގެ ވައުދުގެ ގޮތުގައި މަގު ހުރަހަށްދެމި ގިނަ ބެނާތައް ބީލާހީ ފޮލާއަށް ވީކަމަށް ދެކޭ މީހުން ވަރަށްވެސް ގިނައެވެ.

އަދުގެ ސަރުކާރުންވެސް މިވަނީ ދަނޑުވެރިކަމުގެ ބާވަތްތަކުން ނަގާ ޓެކްސް މާފުކުރާނެކަމުގެ ފެހި ސިގްނަލް ދީފައެވެ. ސުވާލަކަށް މިއަދުވެފައިވަނީ ނިމިދިޔަ ސަރުކާރުން ދަނޑުވެރިންނަށާއި މަސްވެރިންނަށް ވައުދުވެ، ނުފުއްދުނު ދޯދިޔާ ވައުދުތަކުގައި އުންމީދުގެ ކުލަޖައްސާ ދަނޑުވެރިނާއި މަސްވެރިންގެ ފޮނި އުންމީދުތަކުގައި އަމަލީ ސިފައެއް މިއަދުގެ ސަރުކާރުން ޖައްސާނެބާވައެވެ. މަސްވެރިން ބާނާ މަހުގެ އަގު އެންމެ އެދެވޭ ގޮތުގައި ލިއްބައިދޭނެބާއެވެ. ދަނޑުވެރިންގެ ދަނޑުތަކަށް ބޭނުންވާ ވަސީލަތްތައް ފަސޭހަ ގޮތެއްގައި ލިބޭނޭ މަގު ފަހި ކޮށްދެއްވާނެބާއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.