ރައްޔިތުން މަޖިލީހުގެ ތިން ވަނަ ދައުރު އިތުރު ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މަޖިލީހުން ކުރިން ނިންމައިފައި ތިން ވަނަ ދައުރު މާދަމާގެ ނިޔަލަށް އިތުރު ކުރާށެވެ. ނަމަވެސް ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާ ކުރެއްވުމަށް ފަހު މަޖިލީހުގެ ދައުރު މި މަހުގެ 15 ވަަނަ ދުވަހާހަމައަށް އިތުރު ކުރަން ރިޔާސަތުން ނިންމައިފައި ވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ގާސިމް އިބްރާހިމް ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް، ގާސިމް އިބްރާހިމް ވިދާޅުވީ، ދައުރު އިތުރު ކުރައްވަން ހުށަހެޅުއްވީ މަޖިލީހުގެ ތެރެއިން ނިންމަން ޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ހުރުމުން، ދައުރު ނިމުމުގެ ކުރިން އެ މަސައްކަތްތައް ނިންމާލެވޭނެ ކަމަށް ގަބޫލު ނުކުރެވޭތީ ކަމަށެވެ.
ވޯޓުގައި ބައިވެރިވި 26 މެންބަރުންގެ އިއްތިފާގުން އެ ހުށަހެޅުންވަނީ ފާސްވެފައެވެ.