30 އޯގަސްޓް 2018 ވަނަ ދުވަހަކީ ދިވެހިރާއްޖޭގައި ދިރިއުޅޭ އެންމެހައި ރައްޔިތުން މޫނުމައްޗަށް އުފާވެރިކަން ގެނެސްދިން ތާރީހީ ދުވަހެކެވެ. މާލެ އަދި ހުޅުމާލޭގައި ދިރިއުޅެމުން ގެންދާ ރައްޔިތުންނަށް އެންމެ ބޮޑު ތަކުލީފުގެ ހައްލު ލިބިގެންދިޔަ ދުވަހެވެ. ކޮންމެ ދުވަހަކު 20 މިނެޓް ކަނޑުމަގުން ދަތުރުކޮށް މާލެއަށް ނުވަތަ ހުޅުމާލެއަށް ދަތުރު ކުރަމުން އައި ރައްޔިތުން އެއްގަމު މަގުން މާލެއަށް ނުވަތަ ހުޅުމާލެއަށް އައުމަށް ދެކެމުން އައި ފޮނި ހުވަފެން ހަޤީގަތަކަށް ވެގެން ދިޔަ ދުވަހެވެ. މާލެއާއި ހުޅުމާލެއާއި ދެމެދު އަޅަމުން އައި ބްރިޖް (ސިނަމާލެ ބްރިޖް) ގުލަގަދަ ރަސްމިއްޔާތަކާއިއެކު ހުޅުވިގެންދިޔަ ދުވަހެވެ.

ސިނަމާލެ ބްރިޖް ހުޅުވުމާއިއެކު ހުޅުމާލެ އަދި މާލޭގައި އެޅިފައި ހުރި ބަސް ޓަރމިނަލް ތަކުން ބަސް ދަތުރުތަށް ފެށި ޓޯލް ސިސްޓަމް ހަރުކޮށް ފީ ނަގަން ފެށެންދެން ހިލޭރައްޔިތުންނަށް މާލެއަށް ނުވަތަ ހުޅުމާލެއަށް ދިޔުމުގެ މަގު ސަރުކާރުން ފަހި ކޮށްދެއްވިއެވެ. ހެނދުނު 06:00 ފުރަތަމަ ބަސް ދެކޮޅުން ފުރުވާލައެވެ. އަދި ރޭގަނޑު 23:00 އާއި ހަމަޔަށް ކަނޑައެޅިފައިވާ ގަޑިތަކުގައި މެދު ކެނޑުމެއްނެތި ބަސް ދަތުރުތަށް ކުރިޔަށް ދެއެވެ.

މިހާރަކަށް އައިސް ގިނަ ރައްޔިތުންގެ ޝަކުވާއަކަށް ވެފައިވަނީ ބަސް ދަތުރުކުރާ ގަޑިތަށް ނޭނގޭ ކަމާއި ދަތުރަށް ތައްޔާރު ވެފައިވާ ބަސް ދަތުރަށް ފަށާ ގަޑި ޓާރމިނަލް ނޫން ތަނަކުން ފެންނަން ނުހުންނަ ޝަކުވާއެވެ. ނަމަވެސް އެ ޝަކުވާއަށްވެސް ހައްލެއް ލިބިއްޖެއެވެ. އޮންލައިން ކޮށް ހުޅުމާލެ އަދި މާލެއަށް ދަތުރުކުރާ ބަސްތަކުގެ ދަތުރު ޝެޑިއުލް ފަސޭހަކަމާއެކު ބަލާލެވޭނެފަދަ ނިޒާމެއް ތައާރަފްކޮއްފިއެވެ. https://schedule.touchlink.mv މެދުވެރިކޮށް މާލެއަދި ހުޅުމާލެ ބަސް ދަތުރުތަކުގެ ޝެޑިއުލް ބަލާލެވެއެވެ. އަދި ބަސް ދަތުރު ކުރާ މިސްރާބާއި ބަސް ވަގުތުން ޓްރެކްވެސް ކޮއްލެވެއެވެ.

ކަނޑު ދަތުރު ކުރަން ޖެހުމުގެ ޝަކުވާއަށް ހައްލެއް ލިބިއްޖެއެވެ. އެއީ ސިނަމާލެ ބްރިޖެވެ. އަދި އެ ބްރިޖްމަތީގައި ބަސް ދަތުރުކުރާ ގަޑިތަށް ނޭނގުމުގެ ޝަކުވާއަށްވެސް ހައްލެއް ލިބިއްޖެއެވެ. އެއީ އެ ގަޑިތަށް އޮންލައިންކޮށް ބަލާލެވުމެވެ. ދެން އޮތީ ކޮން ޝަކުވާއެއްބާއެވެ؟ ހައްލެއް ހޯދޭނެބާއެވެ؟ 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.