ފުލުހުން ހިންގި ޙާއްސަ އޮޕަރޭޝަނެއްގައި 7 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފި އެވެ. ފުލުހުން މައުލޫމާތުދެއްވި ގޮތުުގައި ރޭ މާލޭގައި ހިންގި ޙާއްސަ އޮޕަރޭޝަނެއްގައި 7 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައި ވަނީ އުމުރުން 38 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިމައްސަލައިގެ އިތުރު މައުލޫމާތު އަދި ފުލުހުން ހާމަ ކޮށްފައިނުވި ނަމަވެސް ވަރަށް އަވަހަށް މިމައްސަލައިގެ އިތުރު މައުލޫމާތު މީޑިއާތަކާއި ހިއްސާ ކުރާނެ ކަމަށް ފުލުހުންގެ އޮފިޝަލަކު ވިދާޅުވި އެވެ.

ނަމަވެސް މީސްމީޑިއާގައި ފެތުރެމުންދާ ވާހަކަތަކުން، މިމައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ މަޝްހޫރު ބޮޑީ ބިލްޑަރު ޝާހީން އިބްރާހިމް ދީދީ، (ޝާންޓޭ) ކަން ޖަޒީރާ ނިއުސް އަށް ވަނީ ކަށަވަރުވެފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.