ދިއްދޫ ދާއިރާގެ މެމްބަރު ޢަބުދުލް ލަތީފް މުހައްމަދާއި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން އަކީ ޖުމްހޫރީ ޕާޓީގެ ދެ މެމްބަރުން ކަމަށް އެޕާޓީން ހާމަ ކޮށްފިއެވެ. ޖޭޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަބުދުﷲ ރިޔާޒް އާއި ހަވާލާދީ އެޕާޓީގެ ސްޕޯކްސް ޕާސަން އަލީ ސޯލިހް ވަނީ މިކަން މީޑިޔާއަށް ކަށަވަރުކޮށްދީފައެވެ. އަދި މަޖިލީހުގައި އެޕާޓީގެ 22 މެމްބަރުން ހަމަވަނީ އެ ދެ މެމްބަރުންވެސް ހިމަނައިގެން ކަމަށް އަލީ ސޯލިހުވަނީ  ވިދާޅުވެފައެވެ. ކުރިން ޕީޕީއެމްގެ ދެ މެމްބަރުން ޖޭޕީއަށް ސޮއިކުރި ތާރީޚެއް ހާމަކޮށްފައި ނުވާއިރު، ދާދިފަހުން އެ ޕާޓީއަށް ސޮއި ކުރި ގިނަ މެމްބަރުން ސޮއި ކުރުމުގެ ގިނަ ހަފުލާތަކެއް ބާއްވާފައިވާއިރު މި ދެ މެމްބަރުންގެ އެއްވެސް މައުލޫމާތެއް މީގެ ކުރިން މީޑިއާއަށް ހިއްސާ ކޮށްފައެއް ނުވެއެވެ.

މިއަދު ބޭއްވި ޖޭޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ބައްދަލުވުމުގައިވެސް އެ ދެބޭފުޅުން ބައިވެރިވެފައިވާއިރު، މިހާރު ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ޕާޓީއަކީވެސް ޖުމްހޫރީ ޕާޓީކަން ފާހަގަކޮށްލަން ޖެހެއެވެ. އަދި އިދިކޮޅު ގިނަ މެމްބަރުންތަކެއް އެޕާޓީއާއި ގުޅެމުންދާތީ ގިނަ ބައެއްގެ ފާޑުކިޔުންތައްވެސް ދަނީ އަމާޒުވަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.