އެމް.ޕީ ކަޕް 2018ގެ 2 ވަނަ މެޗުގައި ކިނބިދޫ އާއި ކަނޑޫދޫ ބައްދަލުކުރި މެޗް 1-0 ގެ ނަތީޖާއަކުން ކިނބިދޫ ކަމިޔާބު ކޮށްފިއެވެ. ފުރަތަމަ ހާފުގެ 36 ވަނަ މިނެޓްގައި ކިނބިދޫ ޓީމުގެ ހުނަރުވެރި ކުޅުންތެރިޔާ ޖާދުﷲ މުހައްމަދުގެ ގޯލުން ކިނބިދޫ ކުރިހޯދިއެވެ. ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ކިނބިދޫޓީމަށް ލިބުނުކަން ފާހަގަ ކުރެވުނެވެ.

ފުރަތަމަ ހާފްގެ ނިމުމަކާއި ގާތްވެފައި ވަނިކޮށް ކަނޑޫދޫގެ ޓީމަށް ޕެނަލްޓީއެއް ލިބި ނަތީޖާ ހަމަހަމަ ކުރަން ރަނުގެ ފުރުސަތެއް ލިބުނެވެ. ނަމަވެސް ޕެނަލްޓީ ނާކާމިޔާބުވެ ނަތީޖާ ހަމަހަމަ ކުރަން ލިބުނު ފުރުސަތު ގެއްލުނީއެވެ.

މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މިމެޗުގެ ޖެހި ހަމަ އެކަނި ލަނޑު ކާމިޔާބު ކޮށްދިން ޖާދުﷲ އެވެ .

މީ މުބާރާތުގެ 3 ވަނަ މެޗްގައި މާދަމާ ބައްދަލުކުރާނީ އޮމަދޫ އާއި ވަންދޫއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.