މިކަން މިގޮތަށް ނުކުރުމަށް އަންގާފައިވަނީ އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު އަލީ ސޮއި ކުރައްވާ ސަރުކާރު ހުރިހާ ސުކޫލުތަކަށް މިއަދު ފޮނުއްވާފައިވާ ސަކިއުލަރ ސިޓީއަކުންނެވެ. އެގޮތަށް ނުކުރުމަށް ނިންމީ ސަރުކާރުގެ އިސްވެރީން ރަށްރަށަށް ވަޑައިގަންނަވާއިިރު ސުކޫލު ކުދީން ގިނަ ވަގުތު ކޮޅަށް ތިބުމުންނާއި އަވީގައި ބޭތިއްބުމަކީ ދަރިވަރުންގެ ޞިއްޙަތަށް ނޭދެވޭ އަސަރުކޮށް ތަފާތު އުނދަގޫތައް ކުރިމަތިވެ، ދަރިވަރުންނާއި ބެލެނިވެރިންގެ ގިނަ ވަގުތުތަކެއް ގެއްލިގެންދާ ކަމެއްކަމުގައިވާތީކަމަށް އެ ސަކިއުލަރ ސިޓީގައި ވެއެވެ.

ރަށްރަށަށް އިސްވެރިއެއް ޒިޔާރަތް ކުރާނަމަ، މަރުހަބާ ދެންނެވުމަށް ސުކޫލު ކުދިން ނެރެ އަވީގައި ގިނަވަގުތު ބޭތިއްބުމަކީ ޒަމާނުންސުރެން ކުރަމުން އަންނަ ސަޤާފަތެކެވެ. ބައެއް ރަށްރަށުގައި އެގޮތަށް ދަރިވަރުން ގިނަ ވަގުތު އަވީގައި ތިބުމުގެ ސަބަބުން ހެޔަށް ގޮތްވެ ފަރުވާ ދޭން ޖެހިފައިވެސް އެބަ ހުއްޓެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.