ކުރީގެ ރައީސް މުހައްމަދު ނަޝީދު، މަޖިލިސް މެމްބަރުކަމަށް ކުރިމަތި ލުުމުގެ ކެމްޕެއިން ރަސްމީކޮށް މިރޭ އިއުލާން ކުރައްވަން އުޅޭކަމުގެ ހަބަރު ފެތުރިއްޖެއެވެ.

ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޑިސެމްބަރު 4 ވަނަ ދުވަހުގެރޭ ކާމީނީ މަގުގައި އޮންނަ މަޖިލީސް އިންތިހާބުގެ ކެމްޕެއިން ހަރަކާތަށް އެންމެހާ ބޭފުޅުންނަށް ދައުވަތުއަރުވާ ކަމަށެވެ.

އިތުބާރު ހުރި ފަރާތަކުން "ޖަޒީރާ ނިއުސް" އަށް މައުލޫމާތު ދިންގޮތުގައި މި ހަރަކާތުގައި ކުރީގެ ރައީސް، މުހައްމަދު ނަޝީދު މައްޗަން ގޯޅި މެދު ދާއިރާއަށް ކުރިމަތި ލައްވާކަން އިއުލާން ކުރައްވާނެއެވެ. މަޖިލީސް އިންތިހާބުގެ ކެމްޕެއިން ހަރަކާތަށް އެންމެހާ ބޭފުޅުންނަށް ރައީސް ނަޝީދު ދައުވަތު އަރުވާފައިވާއިރު، މީގެ ކުރިންވެސް ރައީސް ނަޝީދު، މެމްބަރު ކަމަށް ކުރިމަތި ލައްވަން އުޅޭކަމުގެ އަޑުތަށް ވަނީ ފެތުރިފައެވެ. 

ރައީސް ނަޝީދު ވަނީ މީގެ ކުރިން 1999 ވަނަ އަހަރުވެސް މަޖިލީހުގެ މާލެ މެމްބަރުކަން ކުރައްވާފައެވެ. އެފަހަރު ރައީސް ނަޝީދަށް މަޖިލީހުގެ ގޮނޑި ގެއްލުނީ ވެލާނާގެއިން ލިއެކިއުންތަކެށް ގެއްލުނު މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް ވައްކަމުގެ ތުހުމަތު ކުރެވި ހުކުމެއް އިއްވުމުގެ ސަބަބުންނެވެ. މަޖިލީހުގައި އޭރު މާލެ ތަމްސީލު ކުރަނީ ދެ މެމްބަރުންނެވެ. ރައީސް ނަޝީދާއި އެކު ދެން މާލެ މެމްބަރުކަން އޭރު ކުރެއްވީ އެންދެރިމާގޭ އިލިޔާސް އިބަރާހީމް އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.