ވެރިކަމުގެ ދައުރުގައިވެސް މީޑިއާއާއި ބީރައްޓެހި ބޭފުޅެއްގެ ގޮތުގައި ބެލެވިގެންދިޔަ ކުރީގެ ރައީސް ޔާމީން އަބްދުލު ޤައްޔޫމް މިރޭ އާއްމުންގެ ތެރެއަށް ނިކުމެވަޑައިގެން ވާހަކަފުޅު ދައްކަވާނެ ކަމުގެ ޚަބަރުލިބިއްޖެއެވެ.

2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް، ޕީޕީއެމް އަށް ވަފާތެރި މެންބަރުންނަށް ޕާޓީގެ ޓިކެޓު ހަވާލުކުރުމަށް ބާއްވާ ރަސްމިއްޔާތުގައި މިރޭ ރައީސް ޔާމީން ވާހަކަފުޅު ދެއްކެވުމަށް ހަމަޖެހިފައި ވާއިރު، މިއީ ރިޔާސީ ދައުރު ފުރިހަމަ ކުރައްވައި ވެރިކަމުން ފައިބާވަޑައިގެންނެވިފަހުން އާއްމު ތަނެއްގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވާ ފުރަތަމަ ފަހަރުކަންވެސް ފާހަގަ ކޮށްލެވެއެވެ.

ރިޔާސީ އިންތިޚާބުގެ ނާކާމިޔާބީ އަށްފަހު ރައީސް ޔާމީން އާޢްމު ތަނެއްގައި ވާހަކަފުޅު ދެއްކެވީ، އިންތިޚާބު އޮޅުވާލައިފައި ވާކަމަށްބުނެ ޕީޕީއެމް އިން ބޭއްވި ސިލްސިލާ އިޙްތިޖާޖުތަކުގެ ތެރެއިން އެޕާޓީގެ  އޮފީސް ތެރޭގައި ހުންނަވައެވެ. ވެރިކަމުން ވަކިވެ ވަޑައިގަތްފަހުން އެމަނިކުފާނު ފެނިގެން ގޮސްފައިވަނީ ސިޔާސީ ހަރަކާތް ތަކާއި އެކަހެރިވެ ހަނު ހުންނަވާ ބޭފުޅެއްގެ ގޮތުގައެވެ.  

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.