ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓްގައި ހިމެނޭ ދެ ވަޒީރެއްގެ ކޮރަޕްޝަންގެ ތުހުމަތު ތަކެއް ފެންމަތި ވެއްޖެއެވެ.
އަލީ ވަހީދާއި އާތިސާ ޝަކޫރުގެ މައްޗަށް ތުހުމަތުވާ ކޮރަޕްޝަންގެ މައްސަލަތަކެއް އެންޓި ކޮރޮޕްޝަން ކޮމިޝަން އިން ބަލަމުންދާ ކަން ހާމަވީ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާ ކުރާ ރައްޔިތުން މަޖިލީހުގެ މަސްއޫލިއްޔަތު އަދާކުރާ ކޮމިޓީއަށެވެ.
އޭސީސީއިން ކޮމިޓީއަށް ފޮނުވާފައިވާ ރިޕޯޓުގައި ވާ ގޮތުން ކެބިނެޓުގައި ހިމެނޭ އެއް ވަޒީރެއްގެ މައްސަލަ އޭސީސީއިން ބަލާ ނިމުމަށް ފަހު ވަނީ ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފައެވެ. ނަމަވެސް ޕީޖީއިން ވަނީ އެ މައްސަލަ އަނބުރާ ފޮނުވާލައިފައިވާ ކަމަށް އޭސީސީގެ ރިޕޯޓުގައި ބުނެފައިވެއެވެ.