ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލި ކެބިނެޓްގެ ހުރިހާ ވަޒީރުންނަށް ރުހުން ދިނުމަށް ރައްޔިތުން މަޖިލީހުގެ ކޮމިޓީއިން ފާސްކޮށްފި އެވެ.
ކޮމިޓީގައި ވޯޓަށް އެހުމުގެ ކުރިން އެއްވެސް ވަޒީރެއްގެ މައްސަލައެއް އޭސީސީގައި އޮއްތޯ ސާފުކޮށްފައިވެއެވެ. އަދި މަސްލަހަތު ފުށުއަރާ ވިޔަފާރިއެއްގައި ވަޒީރުންގެ ހިއްސާ އޮތްތޯ ވެސް ވަނީ ކޮމިޓީއިން ބަލައިފައެވެ. އެ ރިޕޯޓްތަކުގައި ހުރި ކަންކަމާ މެދު މެންބަރުން ވަނީ މިއަދުގެ ކޮމިޓީގައި ވާހަކަ ދައްކަވައިފައެވެ.
ކެބިނެޓްގެ 20 ބޭފުޅަކަށް ރުހުން ދޭން ކޮމިޓީއިން ފާސްކުރީ ވޯޓަށް އެހައި ކޮމިޓީގައި ތިއްބެވި ނުވަ މެންބަރުންގެ އިއްތިފާގުންނެވެ.