ހޯމް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު އަލުން އެ މަގާމާއި ހަވާލުވެވަޑައިގެންނެވި އިމްރާން އަބްދުﷲ އަށް ރުހުން ދިނުމުގެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް ފޮނުވައިފިއެވެ.
ސަރުކާރު ކޯލިޝަން ގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވަޒީރުކަމުން އިއްޔެ އިސްތިއުފާ ދެއްވުމަށްފަހު އަލުން ވަނީ ވަޒީރުކަމާ ހަވާލުވެވަޑައިގެންފައެވެ. އިމްރާން އިސްތިއުފާދެއްވީ ވަޒީރުކަމަށް ފުރަތަމަ އައްޔަން ކުރެވުނުއިރު، އޭނާގެ މައްޗަށް އޮތް 12 އަހަރުގެ ޖަލު ހުކުމެއް އޮތުމުން އެކަމާއިމެދު ގާނޫނީ ގޮތުން ސުވާލުތަކެއް ފެންމަތި ވުމުންކަމަށް ބެލެވެއެވެ.