ވައިގެ މަގުން ފުވައްމުލަކަށް މަސްތުވާތަކެތި އެތެރެކުރަން އުޅުން މީހަކު ފުލުހުން ހައްޔަރު ކޮށްފިއެވެ. ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ 43 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ނޮވެމްބަރ 30ވަނަ ދުވަހުގެރޭ 21:35 ހާއިރު ފުވައްމުލަކު އެއަރޕޯރޓުން މި މީހާ ފުލުހުންގެ ބެލުމުގެ ދަށައް ގެނެސް ހަށިގަނޑު ބަލައިފާސްކުރިއިރު، ފުރަގަސްފަރާތުގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަން ފާހަގަކުރެވިގެން، ފުވައްމުލަކު ހޮސްޕިޓަލަށް ގެންގޮސް ބެލިބެލުމުން، މަސްތުވާތަކެތި ކަމަށް ޝައްކުރެވޭ އެއްޗެއް ހުރި ރަބަރު ކޮތަޅަކާއި މަސްތުވާ ތަކެތި ކަމަށް ޝައްކުރެވޭ އެއްޗެއް އަޅާފައިވާ ދެ ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މި މީހާގެ ބަންދާއި މެދު ގޮތެއްނިންމުމަށް ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ކަނޑައަޅާފައެވެ.

މި މައްސަލަ ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.