ރޭ ކުޅުނު ފައިނަލް މެޗު ހަނިމާދޫ ޓީމް ކާމިޔާބު ކުރީ ފާއިތުވި އަހަރުގެ ޗެމްޕިއަން ޓީމު ނޮޅިވަރަމާ ވާދަކޮށްގެނެވެ. ފިނޭ ވޮލީކޯޓުގައި ކުޅެވުނު މިމެޗުގެ ސެޓްތައް ހަނިމާދޫއިން ގެންދިޔައީ 20-25 ، 17-25 އަދި 19-25 އިންނެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި ހަނިމާދޫ ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައެވެ.

މުބާރާތުގެ ތިންވަނަ ފިނޭ ފުރެންޑްސް ހޯދިއިރު، ފެއަރ ޕުލޭ ޓީމަކަށް ހޮވިފައިވަނީ ވައިކަރަދޫއެވެ. އަދި ފެއަރ ޕުލޭ ކުޅުންތެރިޔަކަށް ހޮވިފައިވަނީ ނޮޅިވަރަމް ޓީމުގެ ހަސަން އަކުރަމެވެ. އެންމެ މޮޅު 6 ކުޅުންތެރިންނަށް ހޮވިފައިވަނީ، ހަނިމާދޫ ޓީމުގެ އަހުމަދު ސައިފުއް ﷲ ، ސާދިގު މޫސާ، ޝާއިން މުހައްމަދު، ނޮޅިވަރަމް ޓީމުގެ ހަސަން އަކުރަމް، ހަސަން ހިލްމީ އަދި ފިނޭ ފުރެންޑްސްގެ އާދަމް ފައިރޫޒެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ހަނިމާދޫ ޓީމުގެ ނަސްރު ﷲ ހަލީލެވެ.

ފިނޭގެ އަމިއްލަ ޖަމިއްޔާއެއްކަމަށްވާ ވައި ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބުން އިންތިޒާމުކުރި މި މުބާރާތުގައި ޖުމްލަ 9 ޓީމު ވާދަކުރިއެވެ. މުބާރާތުގެ ވަނަތަކަށް ދިޔަ ފަރާތްތަކަށް ޓްރޮފީ، ފައިސާގެ އިނާމް އަދި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ހަނިމާދޫ ކައުންސިލްގެ އަބުދުއްސަލާމް އަލީއާއި ފިނޭ ކައުންސިލްގެ ނައިބު ރައީސް އަބުދުއްރަހީމާއި ވީއެސްއާރުސީގެ ރައީސް މުހައްމަދު ޝިހާމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.