ކިނބިދޫ ދާއިރާއަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ އެމް.ޕީ ކަޕް 2018ގެ ފުރަތަމަ މެޗުގައި ހިރިލަންދުއާއި އޮމަދޫ ބައްދަލު ކުރި މެޗް 3-2 ގެ ނަތީޖާއިން ހިރިލަންދޫ ކުރިހޯދައިފިއެވެ. ފުރަތަމަ ހާފުގައި 1-0 ގެ ނަތީޖާއިން ހިރިލަންދުއަށް ކުރި ހޯދައިދިނީ ހިރިލަންދޫ ޓީމުގެ ޖާޒީނަންބަރު 7 މޫސައެވެ. ދެވަނަ ހާފް ކުޅުމުގެ ތެރެއިން ހިރިލަންދޫ ޓީމުގެ ޖާޒީ ނަންބަރ 20 ރިފްޝާން ގެ ގޯލާއި އެކު 2 ލަނޑުގެ ތަފާތުގެނުވިއެވެ.

މެޗުގެ ފުރަތަމަ ގޯލް އޮމަދޫ ޓީމަށް ކާމިޔާބު ކޮށްދިނީ ޖާޒީނަންބަރ 17 އަހްމަދު އާސިފްއެވެ. އެއަށްފަހު ހިރިލަންދޫގެ ތިންވަނަ ގޯލްވެސް ކާމިޔާބު ކޮށްދިނީ މޫސައެވެ.

ވާދަވެރި މިމެޗްގައި އިތުރު ގޯލެއް އޮމަދޫ ޓީމަށް ޖަހައިދީ މެޗްގެ ފަރަގު ކުޑަ ކޮށްދިނީ ޖާޒީނަންބަރ 69 އިބްރާހިމް ޒުހުރީ ގެ ލަނޑާއި އެކުއެވެ.

މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހިރިލަންދޫ ޓީމަށް 2 ގޯލް ކާމިޔާބު ކޮށްދިން މޫސާ ފަޔާޒްއެވެ.

މީ މުބާރާތުގެ 2 ވަނަ މެޗްގައި މާދަމާ ބައްދަލުކުރާނީ ކިނބިދޫ އާއި ކަނޑޫދޫއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.