ދިވެހިންނަކީ ޒަމާނުއްސުރެ ރޯދައަށް ދެތިން މަސް ކުރިން ތައްޔާރު ވާ ބައެކެވެ. އަބަދުވެސް ރޯދަ މަހަށް ކުރިއާއި ލާ ތައްޔާރު ވުމަކީ ދިވެހިންގެ ކަށީގައި ހަރުލާފައި ހުންނަ ކަމެކެވެ. ގިނަ ބަޔަކު އަބަދުވެސް ކުރަމުން ދާ ޝަކުވާ އަކީ ރޯދަ މަހު، އަހަރުގެެ އެހެން މަސްތަކާއި ހިލާފަށް މީހާ ފަލަވާ މިންވަރު އިތުރު ވުމެވެ. ރޯދަ މަހު އެހެން މަސްތަކާއި ހިލާފަށް ބަރުދަން އިތުރު ވަނީ ދިރިއުޅުމުގެ ބައެއް ކަންތައްތައް ކުރިއަށް ގެންދެވޭ ގޮތުންނެވެ.

ރޯދަ މަހަކީ ގިނަ މީހުންނަށް ކެއުމުގެ މަހެކެވެ. ރޯދަ މަހަކީ އަޅުކަން ކުރުުމުގެ މައްސަރެކެވެ. މުސްލިމުންނާއި ކޮންމެ އަހަރަކުވެސް ކުރިމަތިވާ އެންމެ މާތް މަތިވެރިވެގެންވާ މަހެވެ. ނަމަވެސް ބައެއް މުސްލިމުން ރޯދަ ހިފަނީ ނަމަކަށެވެ. ހާރު ކައިގެން ދުވާލު ހަތަރު ދަމު ނިދާފައި ހޭލާނީ މަގްރިބު ނަމާދު ބަންގި ގޮވަން ކައިރި ވީމައެވެ. ދެން ހޭލާފައި ތަނަކުން ނުތެދުވޭ ވަރަށް ކާނެއެވެ. އަޅުގަނޑުމެންގެ ހަށިގަނޑަށް މިއަންނަ ބަދަލުތަކަކީ ދިރިއުޅުން ބައްޓަން ކުރާ ގޮތުން ވާކަންތައްތަކެވެ.

ރޯދަ މަހު އަތުންފައިން އެއްވެސް މަސައްކަތެއް ނުކޮށް ދުވާލު ހަތަރު ނިދުމަކީ ފަލަ ވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ. އެހެން މަސްތަކުގައި، ކަސްރަތުކޮށް ރަނގަޅަށް މަސައްކަތް ކޮށް އުޅެފައި ކުއްލިއަކަށް ރޯދަ މަސް އައުމުން ވަޒީފާއިން ވެސް ޗުއްޓީ ނަގައިގެން ހަތަރު ދަމު ނިދަން އޮތީމައި ފަލަ ވާނެއެވެ. ރޯދަ މަހުވެސް އެހެން މަސްތަކާއި އެއްގޮތަށް ކުރިއަށް ގެންދާނަމަ ފަލަވުމުން ދުރުވާނެއެވެ.

ރޯދަ މަސް ވާންޖެހޭނީ ކަންނެތް ނުވެ މާތް ﷲ ގެ ހަޟްރަތުގައި އަޅުކަން ކުރުމުގައި ދެމިހުންނަ މަހަކަށެވެ. އެގޮތުން ފަރުޟު ފަސް ނަމާދު ވަގުތުން ވަގުތަށްކޮށް ސުންނަތް ނަމާދުތައް ކޮށް އަދި ގުރުއާން ކިޔަވައި އިތުރު އަޅުކަންތައް ކުރުމުގައި ވެސް ވަގުތު ހޭދަ ކުރަން ޖެހެއެވެ. ރޯދަ މަހު ހުރިހާ ނަމާދެއް ބަރާބަރަށްކޮށް ތަރާވީސް ނަމާދުގައި ވެސް ބައިވެރިވެ ހެދުމުން ތިބާ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ވެސް އެހީތެރި ވެދެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *