އިރުގެ އަލިކަމާ ނުލައި 65 ދުވަސް ކެތް ކޮށްލެވިދާނެ ހެއްޔެވެ. ކިތަންމެ އުނދަގޫ ވިޔަސް އެމެރިކާގެ ބައެއް ރައްޔިތުން ޖެހޭނީ ކެތްކޮށްލާށެވެ.
އެމެރިކާގެ އަލަސްކާގެ އެންމެ އުތުރުން އޮންނަ ސިޓީއެއް ކަމަށްވާ އުޓުޔަގްވިކަށް މިދިޔަ އާދިއްތަ ދުވަހު އިރުއޮއްސުމަށްފަހު ދެން އިރު އަރާނީ އަންނަ އަހަރުގެ ޖަނަވަރީ މަހު ތޭވީސް ވަނަ ދުވަހުއެވެ. މިދިޔަ އާދިއްތަ ދުވަހު އެސިޓީއަށް އިރު ފެނުނީ މިއަހަރު އެންމެ ފަހުފަހަރަށް ކަމަށް ސައިންސްވެރިން ބުނެފިއެވެ.
މިސިޓިގައި އުޅޭ ހަތަރުހާސް ރައްޔިތުން 65 ދުވަސް ހޭދަކުރަން ޖެހޭނީ އަންދިރިކަމުގައެވެ.