ކިނބިދޫ ދާއިރާއަށް ހާއްސަކޮށްގެން ބާއްވާ އެމް.ޕީ ކަޕް މިއަދު ފެށިއްޖެއެވެ.

މިއީ މި މުބާރާތް ޖެހިޖެހިގެން ބާއްވާ ފަސްވަނަ އަހަރެވެ. މިމުބާރާތުގައި މިއަހަރު ކިނބިދޫ ދާއިރާގެ ހުރިހައި ރަށަކުން ބައިވެރިވެއެވެ.

މި މުބާރާތަކީ ކިނބިދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ ރިޔާޒްގެ ވައުދެއްގެ ގޮތުގައި ބާއްވަމުން އަންނަ މުބާރާތެކެވެ. މިއަހަރުވެސް މިމުބާރަތް ބާއްވަން ހަމަޖެހުނީ ވަންދޫގައެވެ.

ދާއިރާގެ ރަށްތަކުގެ މެދުގައި އެކުވެރިކަން ބަދަހިކުރުމަކީ މިމުބާރާތުގެ އެއް މަގުސަދެވެ. މިމުބާރާތުގައި ބައިވެރި ވެވެނީ އެރަށަކަށް އުފަން ކުޅުންތެރިންނަށްކަން ފާހަގަކޮށްލެވެެއެވެ. 

މި މުބާރާތުގައި ފާހަގަ ކޮށްލެވޭ ބައެއް ކުޅުންތެރިންނަށް ބަލާލާއިރު ކިނބިދުއަށް އުފަން، މާޒިޔާއަށް ކުޅެމުންދާ ޒުވާން ކީޕަރު ހުސެން ޝަރީފް ފާހަގަ ކޮށްލެވެއެވެ. އަދި ކަނޑޫދޫއަށް އުފަން އަބްދުﷲ މުއާޒު(އޮޓޯ) ފާހަގަ ކޮށްލެވެއެވެ.

އެއްލައްކަ ރުފިޔާގެ މިމުބާރާތުގައި އެއްވަނަ ޓީމަށް 50،000 ރުފިޔާ ލިބޭއިރު ދެވަނައަށްދާ ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމު ހަމަޖެހިފައިވެއެވެ.

މިދިޔަ އަހަރު މި މުބާރާތުގެ ފައިނަލްގައި ކިނބިދުއާއި ހިރިލަންދޫ ބައްދަލުކޮށް 3-3 އިން ނަތީޖާ އެއްވަރުވެ ޕެނަލްޓީ ޖަހާ ހިރިލަންދޫގެ މައްޗަށް ކުރި ހޯދާ މުބާރާތުގެ ޗެމްޕިއަންކަން ކިނބިދޫ ހޯދިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.