ކުންފުނިތަކުގެ ސިއީއޯއިން، ކުޅިވަރު ކުޅުންތެރިން، މަސްވެރިން، ދަނޑުވެރިން، ކުރެހުންތެރިން އަދިވެސް އެތައްބަޔަކު، ކާމިޔާބު ބަޔަކަށް ވުމުގެ މައިގަނޑު ހަތިޔާރަކީ ހަމަ ކޮންމެ މީހަކަށްވެސް ވަރަށް ފަސޭހައިން ލިބެންހުރި، އެހެނަސް މަދު ބަޔަކު ނޫނީ އޭގެ ފައިދާ ނުހޯދާ ކަމެކެވެ. އެއީ ހެނދުނު ހެނދުނާ ނުވަތަ ފަތިސްފަތިހާ ނިދާތެދުވުމުގެ އާދަ ގެންގުޅުމެވެ.

އިނގިރޭސި ބަހުގެ މުހާވިރާއެއްގައި ބުނާފަދައިން 'ފުރުތަމަ ކާން ލިބެނީ ފުރުތަމަ ހޭލާ ދޫންޏަށޭ' ބުނަާ ބުނުމަކީ ހަމަ ރަނގަޅު ވާހަކައެކެވެ. އަހަރުމެންނަކީ ކާނާ ހޯދަން މަސައްކަތްކުރާ ދޫންޏެއް ނަމަ މި މުހާވިރާގައި އެބުނާ ވާހަކައިގެ ޙަޤީޤަތް ކިތައްމެހައިވެސް ބޮޑަށް އަންދާޒާ ކޮށްލެވޭނެއެވެ.

އެހެން ކަމުން ކާމިޔާބު މީހަކަށް ވުމަށް މަސައްކަތް ފަށަމާތޯއެވެ. ފަތިސްނަމާދު ކޮށްލައިގެން އިރުއަރާ މަންޒަރު ބަލައިލެވޭހައި ވަގުތު އޮއްވައި ހޭލަމާތޯއެވެ. އެއަށްފަހު މަސައްކަތަށް ފަށަމާތޯއެވެ. 

އަވަހަށް ހޭލުމުން މީގެ ކުރިން ނުފެންނަ އައު ކުލަތަކާއި، ތަޖްރިބާކުރެވިފައި ނުވާ ހިތްގައިމު މާހައުލެއް ތަޖުރިބާ ކުރެވޭނެއެވެ. ފަތިސްވަގުތު ދުނިޔެއަށް ވެރިވެފައި އޮންނަ ހިތްގައިމު ދަނބުކުލައާއި، އިރުގެ ދޯދިތައް ވިލާތައް ފަޅާލާފައި ނުކުމެ މުޅި ދުނިޔެއަށް 'ބާއްޖަވެރި ދުވަހެކޭ ބުނެ'، ރާޅުތަކާއި ދޫނި ސޫފާސޫފީގެ އެހީއާއިއެކު އެ އިއްވާ ނަޣުމާތައް ތަޖުރިބާކުރުމުގެ ނަސީބު ލިބިގެންދާނެއެވެ.

ޖުމުލަކޮށް ބަލާއިރު އަވަހަށް ނިދިން ހޭލައި، އަވަހާ ނިދަން އޮށޯތުމަކީ އޭގެ ފައިދާތައް ގުނާ އަދަދު ނުކުރެވޭނެ ކަމެއްކަމަށްވެސް ބުނެވިދާނެއެވެ. ސިއްޙީ ފައިދާތަކާއި، ރޫޙާނީ އަދި މާއްދީ އެތައް ފައިދާ ތަކެކެވެ. އަވަހާ ނިދާހޭލުމުގެ ފޮނިމީރުކަން އެނގޭނީ އެކަން ތަޖުރިބާ ކޮށްލީމައެވެ. އެހެންކަމުން އިރުމެދު ޖެހެންދެން ނިދަން ތިބުމުގެ އާދަވެފައިވާ ފަރާތްތަކުން މިކަން މިއީ ތަޖުރިބާކޮށްލަން ރަނގަޅުކަމެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.