ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު އަލުން މަގާމާ ހަވާލުވެވަޑައިގެންފިއެވެ.

އިމްރާން އެ މަގާމުން އިސްތިއުފާ ދެއްވީ އާދީއްތަ ދުވަހުގެ ހެނދުނެވެ.

އިމްރާން އިސްތިއުފާދެއްވީ ވަޒީރުކަމަށް ފުރަތަމަ އައްޔަން ކުރެވުނުއިރު، އޭނާގެ މައްޗަށް އޮތް 12 އަހަރުގެ ޖަލު ހުކުމެއް އޮތުމުން އެކަމާއިމެދު ގާނޫނީ ގޮތުން ސުވާލުތަކެއް ފެންމަތި ވުމުންނެވެ.

ޖަޒީރާއަށް އެނގިފައިވާ ގޮތުގައި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ރައްޔިތުންގެ މަޖްލީހުގެ ކޮމިޓީއަށް ހުށަހެޅުމުން ބައެއް މެންބަރުންވެސް ވަނީ އެކަމާއިމެދު ގާނޫނީ ގޮތުން ސުވާލު އުފައްދާފައެވެ.

އިމްރާން މަޤާމުން އިސްތިއުފާ ދެއްވިއިރު އޭނާގެ މައްޗަށް ކޮށްފައިވާ 12 އަހަރު ދުވަހުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ވަނީ ބާތިލުކޮށްފައެވެ.

ރައީސް އޮފީހުން މައުލޫމާތު ދޭ ގޮތުގައި އިމްރާން އިސްތިއުފާ ދެއްވީ އަމިއްލައަށް ބޭނުން ވެގެންނެވެ.

ގާނޫނުއަސާސީ ބުނާގޮތުން، ޖިނާއީ ކުށެއްގައި އެއް އަހަރަށް ވުރެ ދިގު ހުކުމެއް އޮތް ބޭފުޅަކަށް ވަޒީރުކަން ކުރެއްވޭނީ އެ ހުކުމް ތަންފީޒުކޮށް، ނިމުނުތާ ނުވަތަ މާފު ލިބުނުތާ ތިން އަހަރު ވުމަށް ފަހު އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.