ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި އަދާލަތު ޕާޓީ އިން ވާދަކުރާނެ 13 ދާއިރާ މިއަދު އިއުލާންކޮށްފިއެވެ.
- އަދާލަތު ޕާޓީއިން ވާދަ ކުރާނެ 13 ދާއިރާ
އިނގުރައިދޫ ދާއިރާ، ވައިކަރަދޫ ދާއިރާ، ކާށިދޫ ދާއިރާ، މަކުނުދޫ ދާއިރާ، ކެލާ ދާއިރާ، ކުޅުދުއްފުށި އުތުރު ދާއިރާ، މަހިބަދޫ ދާއިރާ، މުލަކު ދާއިރާ، ނިލަންދޫ ދާއިރާ، ގަމު ދާއިރާ، މާފަންނު ދެކުނު ދާއިރާ، ފޭދޫ ދާއިރާ، އަދި ފުވައްމުލަކު ދެކުނު ދާއިރާއެވެ.
އަދާލަތު ޕާޓީ އިން މިއަދު މި 13 ދާއިރާ އަށް ވާދަކުރާނެކަން އިއުލާން ކޮށްފައިވާއިރު އެމްޑީޕީން ވަނީ އެ ޕާޓީ އިން ހުރިހާ ދާއިރާއަކަށް ވާދަ ކުރަނެކަން އިއުލާން ކޮށްފައެވެ.
ކޯލިޝަންގެ ލީޑަރުން ސޮއިކޮށްފައިވާ އެއްބަސްވުމެއްގައިވާ ގޮތުން، ސަރުކާރުގައި އެމްޑީޕީއަށް ލިބިދޭނީ 40 ޕަސެންޓް ހިއްސާ އެވެ. 25 ޕަސެންޓް ޖުމްހޫރީ ޕާޓީ ލިބޭގޮތަށް އެއްބަސްވުމުގައި ވާ އިރު، އަދާލަތު ޕާޓީ އަށް ލިބޭނީ 15 ޕަސެންޓެވެ. އަދި ރައީސް މައުމޫންގެ އެމްއާރްއެމް އަށް ލިބިދޭނީ 20 ޕަސެންޓް ހިއްސާ ކަމަށް އެއްބަސްވުމުގައިވެއެވެ.