ދުނިޔެ
އެމެރިކާ ސިފައިން ސަލާމަތްކުރުމަށް އިރާގު ކައިރިން އާދޭސް ކުރަނީ

އީރާނުގެ ހަނގުރާމަވެރި ޖަމާއަތްތަކުގެ ހަމަލާތަކާ ދެކޮޅަށް އިރާގާއި ސީރިއާގައި ތިބި އެމެރިކާ ސިފައިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމަށް އިރާގު ސަރުކާރަށް އެމެރިކާއިން ގޮވާލައިފި އެވެ.

އެމެރިކާއިން މިގޮތަށް ގޮވާލީ އެމެރިކާގެ ޑިޕާޓްމެންޓް އޮފް ޑިފެންސްއިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދެއްކެވި މޭޖާ ޖެނެރަލް ޕެޓް ރައިޑާ ވަނީ އީރާނުން އެމެރިކާ ސިފައިންނަށް އިތުރަށް ހަމަލާދޭނަމަ، ކުރިންވެސް އަމަލުކުރާ ފަދައިން، އެމެރިކާގެ އަސްކަރިއްޔާއިން މި ހަމަލާތަކުން ދިފާއުވާން މަސައްކަތްކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

“އެންމެ ފަހުން އޭޕްރީލް މަހުގެ 22 ވަނަ ދުވަހު އީރާނުގެ ހަނގުރާމަވެރި ޖަމާއަތްތަކުން ވަނީ އިރާގާއި ސީރިއާގައި ތިބި އެމެރިކާ ސިފައިންނަށް ނާކާމިޔާބު ދެ ހަމަލާއެއް ދީފަ. މިއީ ފެބްރުއަރީ ހަތަރެއްގެ ފަހުން އިއްތިހާދުގެ ފެސިލިޓީތަކަށް ދިން ފުރަތަމަ ހަމަލާތައް. މި ހަމަލާތަކުގެ ސަބަބުން ކޯލިޝަނާއި އިރާގުގެ މުވައްޒަފުންނަށް ނުރައްކާ ކުރިމަތިވެފަވޭ”

ގައްޒާއަށް ފޮނުވާ އެހީ އިތުރުކުރުމުގެ ވާހަކަވެސް ވިދާޅުވެފަ އެވެ. އެއާއެކު، އީރާނާއި އީރާނުގެ ޕްރޮކްސީންގެ ކިބައިން އިޒްރޭލު ދިފާއުކުރުމަށް އެހީތެރިކަން ފޯރުކުރާނެ ވާހަކަވެސް ވިދާޅުވެފަ އެވެ.

އާދީއްތަ ދުވަހު ދިން މި ހަމަލާއަށްފަހު ކަތައިބް ހިޒްބުالله އާއި ގުޅުން ހުރި ޓެލެގްރާމް ގްރޫޕެއްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އިރާގުގައި ހުންނަ އެމެރިކާގެ އަސްކަރީ ހަރަކާތްތައް ނިމުމަކަށް ގެނައުމަށް ކުރާ މަޝްވަރާތަކުން މާބޮޑު ކުރިއެރުމެއް ނުލިބުމުން ގާތްގަނޑަކަށް ތިން މަސް ދުވަހުގެ މަޑުޖެހުމަކަށް ފަހު އިރާގުގެ ހަތިޔާރު އެޅި ޖަމާއަތުން ހަމަލާ ދިނުން އަލުން ފެށުމަށް ނިންމާފައިވާ ކަމަށެވެ.

މި ހަމަލާތައް ދީފައިވަނީ ހޮނިހިރު ދުވަހުގެ ވަގުތެއްގައި އިރާގުގެ އަސްކަރީ މަރުކަޒެއްގައި ބޮޑު ގޮވުމެއް ގޮވައި، އީރާނުގެ ތާއީދު އޮންނަ ޖަމާއަތްތައް ހިމެނޭ އިރާގުގެ ސަލާމަތީ ބާރުގެ މެމްބަރަކު މަރުވުމުން ނެވެ.

އިރާގުގެ ހަނގުރާމަވެރި ޖަމާއަތުން ވަނީ އެމެރިކާގެ އަސްކަރީ ބޭސްއަށް ދެންވެސް ހަމަލާދޭނެ ކަމަށް އިންޒާރުދީފަ އެވެ.

28
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top