ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މާލެ އަތޮޅު ދިއްފުށްޓަށާއި ގިރިފުށީ ޓްރެއިނިންގ ސެންޓަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އިއްޔެ ހަވީރު މާލެ ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ދިއްފުށީގެ ފެނާއި ނަރުދަމާގެ ނިޒާމުގެ ޚިދުމަތް ފަށްޓަވައިދެއްވައި، ގިރިފުށީގައި ބޭއްވި 20 ވަނަ ކެޑޭޓް ކޭމްޕާ ބެހޭ ބްރީފިންގގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ކަމަށް އިބްރާހީމް މުޙައްމަދު ޞާލިޙް ހުވައި ކުރެއްވި ފަހުން އަތޮޅު ތެރެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.