އަނބަކީ ގިނަގުނަ ފައިދާތަކެއް ހަށިގަނޑަށް ލިއްބައިދޭ މޭވާއެކެވެ.އަނބުގައި ހިމެނޭ އެންމެ މުހިންމު އެއް ބާވަތަކީ ވިޓަމިން "ސީ" އެވެ. މީގެ އިތުރުން ވެސް "އެންޓި އޮކްސިޑަންޓްސް"، ވިޓަމިން އޭ އަދި ފައިބަރ ވެސް ހިމެނެއެވެ.

ދިފާއީ ނިޒާމު ބަލިކަށި ވުމުގެ ސަބަބުން ގައިން ގަޔަށް އަރާ ތަފާތު ބަލިތައް ޖެހުމަށް މަގު ފަހިވެއެވެ. މީގެ ތެރެއިން އެންމެ އާންމު އެއް ބައްޔަކީ އަރިދަފުސް ރޯގާއެވެ. އަނބުގައި އެކުލެވިގެންވާ ވިޓަމިން "ސީ" ގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމް ވަރުގަދަކޮށްދެއެވެ. އަދި އަރިދަފުސް ރޯގާ ފަދަ ބަލިތަކުން ރައްކާތެރި ވުމަށް އެހީތެރިވެދެއެވެ.

"އެންޓި އޮކްސިޑަންޓްސް" އާއި، ވިޓަމިން ސީ

ވިޓަމިން "ސީ" އަކީ ހަންގަނޑުގެ ތާޒާކަން ގެނެސްދިނުމުގައި މުހިންމު ރޯލެއް އަދާކުރާ ދެ ބާވަތެެވެ. މިހެންކަމުން ހަންގަނޑުގެ ރީތިކަން ދާއިމީ ގޮތެއްގައި ދެމެެހެއްޓުމަށް ވެސް އަނބު ކެވިދާނެއެވެ. ބޮލުގައި ހަންފޮޅުމުން ދުރު ކޮށްދީ އިސްތަށިގަނޑަށް އިތުރު ދިރުމެއް ގެނެސްދިނުމަށް އެހީތެރިވެދޭ އެއް މޭވާއަކީ ވެސް އަނބެވެ. "އެންޓި އޮކްސިޑެންޓްސް" އަކީ ކެންސަރާއި ދެކޮޅަށް ހަނގުރާމަކުރަން އެންމެ ވަރުގަދަ އެއް ހަތިޔާރެވެ.

އަނބަކީ "އެންޓި އޮކްސި ޑަންޓްސް" ހުންނަ އެއްޗެއް ކަމުން ކެންސަރުގެ ގިނަ ބަލިތަކުން ސަލާމަތް ކޮއްދެއެވެ. މި މާއްދާގެ ސަބަބުން ހަށިގަނޑުގައި ހަލާކުވެފައިވާ ސެލްތަށް އަލުން ރަނގަޅު ކޮށްދެއެވެ.

ވިޓަމިން އޭ، ސީ އަދި ފައިބަރ

ވިޓަމިން ސީ އާއި ފައިބަރ އެކުވެގެން ހަށިގަނޑުގައި ހުންނަ ކޮލެސްޓްރޯލުގެ މިންވަރު އެއް ހަމައެއްގައި ހިފަހަައްޓައިދެއެވެ. އަދި އަނބުގައި ގިނަ އަދަދަކަށް ފައިބާ އެކުލެވިފައި ހުރުމުން ހަޖަމް ކުރުމުގެ ނިޒާމް ރަނގަޅު ކޮށްދެއެވެ. އެހެންކަމުން ހަށިގަނޑުގެ ބަރުދަން ލުއިކޮށްދިނުމަށް ވެސް އަނބަކީ ވަރަށް މުހިންމު މޭވާ އެކެވެ.

ވިޓަަމިން އޭ އަކީ ލޮލުގެ ފެނުން ރަނގަޅުކޮށްދީ ވިސްނުން ތޫނުކޮށްދޭ ވިޓަމިނެކެވެ. އަނބުގައި ގިނައަދަަދަކަށް ވިޓަމިން އޭ ހިމެނެއެވެ. އަނބަކީ ގިނައަދަކަށް ވިޓަމިން އޭ ވެސް އެކުލެވިގެންވާ މޭވާއެކެވެ.

ކޮންމެ ދުވަހެއްގެ ނާސްތާގައި ވެސް އަނބު ހިމެނުމުން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެހީތެރިވެދެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.