މިރޭ ކުރިއަށްދިޔަ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ހުރިހައި ދާއިރާއަކަށް ކެންޑިޑޭޓުން ނެރުމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ހުށައެޅުއްވި ހުށައެޅުން ފާސްވެއްޖެ އެވެ. މިކަމަށް ވޯޓަށް އެހިއިރު ވޯޓް ދެއްވީ 80 މެންބަރުންނެވެ. ނަޝީދުގެ ހުށައެޅުއްވުން ފާސްވީ 72 މެންބަރުންގެ ވޯޓުންނެވެ.
މިރޭ ކުރިއަށްދިޔަ ޤައުމީ މަޖިލީހުގެ ޖަލްސާގައި ގިނަ މެންބަރުން ތާއިދުކުރައްވާ ވާހަކަފުޅު ދެއްކެވީ 87 ދާއިރާއަށް ވާދަކުރުމަށެވެ.
ބައެއް މެންބަރުން ވިދާޅުވި ގޮތުގައި އެހެން ޕާޓީތަކުން އެމްޑީޕީއަށް 35 ދާއިރާ ދޭން ނިންމުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށާއި، އެމްޑީޕީއަށް އެންމެ ދާއިރާއަކަށް ވެސް ވާދަ ނުކުރެވުމަކީ އެ ޕާޓީއަށް ތާއީދު ކުރާ ބައެއްގެ ހައްގުތަކަކަށް އަރައިގަތުން ކަމަށެވެ. އެހެންވެ އެކަމަށް އެއްބަސް ނުވެވޭނެ ކަމަށް މެންބަރުން ވިދާޅުވި އެވެ.