ޖުވެންޓަސްގެ ހުނަރުވެރި ފޯވާޑު ކްރިސްޓިއާނޯ ރޮނާލްޑޯއަށް ބެލެން ޑި އޯރ ގެ މަގާމް ހައްގު ކަމަށް އެ ޓީމުގެ މިޑްފީލްޑަރު ބްލައިސް މަޓުއިޑީ ބުނެފިއެވެ. "ގޯލް ޑޮޓް ކޮމް" އަށް ދިން އިންޓަވިއު އެއްގައި މަޓުއިޑީ ބުނީ މީގެ ކުރިން ފަސް ފަހަރު އެ ޝަރަފު ހޯދައިފައިވާ އުމުރުން 33 އަހަރުގެ ކްރިސްޓިއާނޯ ރޮނާލްޑޯއަށް ބެލެން ޑި އޯރ ތަށި ހައްގުވަނީ އޭނާ ތިން ވަނަ ފަހަރަށް ރިއާލް މެޑްރިޑްއަށް ޔޫއެފާ ޗެމްޕިޔަންސް ލީގް ކާމިޔާބު ކޮށްދިނުމުގައި އަދާކޮށްފައިވާ މުހިއްމު ދައުރުގެ ސަބަބުން ކަމަށެވެ. 

"ކްރިސްޓިއާނޯ ރޮނާލްޑޯއަކީ އަބަދުވެސް އެ މަގާމް ހޯދުމަށް ވަރަށް ބޭނުންވާ ކުޅުންތެރިއެއް، އޭނާއަަށް އެ ޝަރަފު ހައްގު" ބްލައިސް މަޓުއިޑީ ބުނެފައިވެއެވެ.

ހުނަަރުވެރި ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ޖުވެންޓަސްއަށް ބަދަލުވީ މި އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. ޖުވެންޓަސްއަށް ބަދަލު ވުމުގެ ކުރިން އޭނާ ވަނީ ރިއާލް މެޑްރިޑަށް ތިން ވަނަ ފަހަރަށް ޔޫއެފާ ޗެމްޕިޔަންސް ލީގް ކާމިޔާބު ކޮށްދިނުމުގައި ވަރަށް މުހިއްމު ދައުރެެއް އަދާ ކޮށްފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.