ޔުނައިޓެޑް އެރަބް އެމިރޭޓްސް އަށް ވިސާއާ ނުލައި ދިވެހިންނަށް ދެވޭ ގޮތަށް އެ ގައުމުގެ ސަރުކާރުން މިއަދު ހަމަޖައްސައިފި އެވެ. 2019 ވަނަ އަހަރުން ފެށިގެން ވިސާއާއި ނުލާ ޔޫއޭއީއަށް ދިވެހިންނަށް ދެވޭ ގޮތަށް ހަމަޖެއްސީ، ރަސްމީ ދަތުރުފުޅެއްގައި މި ވަގުތު ޔޫއޭއީއަށް ވަޑައިގެން ހުންނެވި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އެ ގައުމުގެ ފޮރިން މިނިސްޓަރު ޝައިޚް އަބްދުﷲ ބިން ޒައިދުއާ ބައްދަލު ކުރެއްވުމަށް ފަހު މިނިސްޓަރު ކުރެއްވި ޓުވީޓެއްގައެވެ.

މި ބައްދަލުވުމުގައި ދެ ގައުމުގެ ދޭތެރޭގައި އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރުމަށާއި ވިޔަފާރި އިންވެސްޓްމަންޓްތައް އިތުރުކުރުމަށް މަޝްވަރާ ކުރެއްވި ކަމަށް މިނިސްޓަރު އަބްދުﷲ ޝާހިދުގެ ޓުވީޓުގައި ވިދާޅުވިއެވެ. 

ފޮރިން މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އެކުވެރި ގައުމުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅު ތަކުގައި މިނިސްޓަރު އަބްދުﷲ ޝާހިދު ދެން ވަޑައިގަންނަވާނީ ޗައިނާއަށެވެ. މިނިސްޓަރު ވަނީ މީގެ ކުރިން އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.