މިދިޔަ އާދިއްތަ ދުވަހު ސްރީލަންކާއަށް ދިން ބޮމުގެ ހަމަލާތަކުގައި ގިނަ ބަޔަކު މަރުވެފައިވާ އިރު، އެ ހަމަލާގައި ބޭނުންކުރެވުނު ބޮންތައް ހަދަން ބޭނުންކުރި ފެކްޓްރީއަކީ ކޮބައިކަން ހޯދިއްޖެއެވެ.

ބޮންތައް އުފައްދަން ބޭނުންކޮށްފައިވަނީ ވެލަމްޕިޓިއާގައި ހުންނަ ކޮޕާ ފެކްޓަރީ އެވެ. އެ ފެކްޓްރީގެ ވެރިފަރާތަކީ އިންޝާފް އަހުމަދެވެ. އޭނާ ބުނިގޮތުން އެ ފެކްޓްރީގައި މިފަދަ އެއްވެސް ކަމެއް ހިންގަން އުޅޭ ކަމެއް ނުވަތަ ހިންގިކަމެއް އޭނާއަށް އެނގިފައެއްނެތެވެ. އެ ފެކްޓަރީގެ ފޮޓޯތައް ވަނީ މީސް މީޑިއާގައި އާންމުވެފައެވެ. އަދި ގިނަ ބައެއްގެ ސަމާލުކަން ވަނީ އެ ފޮޓޯތަކަށް ލިބިފައެވެ.

އާދިއްތަ ދުވަހު ލަންކާގެ އެކި ހިސާބުތަކަށް ބޮމުގެ ހަމަލާތައް އަމާޒުކޮށް ގިނަ އަދަދެއްގެ ބަޔަކު ވަނީ މަރާލައިފައެވެ. ސްރީ ލަންކާގެ މީހުން އަދިވެސް ތިބީ ބިރުވެރިކަމެއްގެ ތެރޭގައެވެ. އަދިވެސް އެކި ތަންތަނުން ނުގޮވާ ހުރި ތައްޔާރުކުރެވިފައިވާ ބޮންތައް ފެންނަމުން އެބަ ދެއެވެ.

މި ހަމަލާތަކާއި ގުޅިގެން ގިނަ ބަޔަކު ހިތާމާ ކުރަމުން ދާއިިރު އެމީހުންގެ އަމިއްލަ ގައުމުގެ ގިނަ އަދަދެއްގެ މީހުންވެސް ވަނީ މައްސަލައިގައި އައިއެސް އާ ބައިވެރިވުމުގެ ތުހުމަތުގައި ހައްޔަރުކުރެވިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *