އިންޑިއާ އިން ރާއްޖެ އަށް ލޯނެއް ދޭ މަތިން އިންޑިއާގެ އަސްކަރީ މަރުކަޒެއް ރާއްޖޭގައި ހެދުމަށް ސަރުކާރުން ހުއްދަ ދޭން އުޅޭކަމަށް މީޑިއާގައި އަޑުފެތުރުމުން އެވާހަކަތައް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ދޮގު ކުރައްވައިފި އެވެ.

މިއަދު ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ފައިސާ އާއި އެހެނިހެން މާއްދީ މަންފާތަކެއްގެ ބަދަލުގައި އިންޑިއާގެ އަސްކަރީ މަރުކަޒެއް ރާއްޖޭގައި ހެދުމުގެ ހުއްދަ ދޭން ވިސްނާ ކަމަށް ބުނެ ފެތުރޭ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަމަށެވެ.

"މިއީ އަވައްޓެރި ގައުމުތަކާއި ގުޅުން ގާއިމް ކުރަން ފެށުމުން ރާއްޖެ ބަދުނާމު ކުރުމަށް ދައްކާ ވާހަކަތަކެއް" ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވިއެވެ.

އިތުރަށް ޝާހިދު ވިދާޅުވީ ރާއްޖޭގެ އިސްތިގުލާލާއި މިނިވަންކަމަށް ބުރޫ އަރާ ފަދަ އެއްވެސް އަމަލެއް ސަރުކާރުން ނުކުރާނެ ކަމަށާއި އެ ޔަގީންކަން ރައްޔިތުންނަށް އަރުވާކަމަށެވެ.

ޖަޕާންގެ ނޫހަކުން ތުހުމަތު ކުރި ގޮތުގައި ދާއިމީ ގޮތެއްގައި އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ ގޮތަށް ހަމަޖައްސައިފި ނަމަ، އިންޑިއާ އިން ރާއްޖެ އަށް އެއް ބިލިއަން ޑޮލަރުގެ މާލީ އެހީތެރިކަން ފޯރުކޮށްދޭންނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.