މިފްކޯ އަށް އަނެއްކާވެސް 37 މިލިއަން ރުފިޔާގެ އެހީއެއް ދީފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ. ގއ. ކޫއްޑޫގައި ހުންނަވައިގެން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު "ޕީއެސްއެމް" އަށް ދެއްވި އިންޓަވިއު އެއްގައި ވިދާޅުވީ، އެ ފައިސާ އަކީ މިފްކޯއިން މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ ތެރެއިން ނުދެވި ހުރި ފައިސާ ދެއްކުމަށް ދިން އެހީއެއް ކަމަށެވެ. އަދި މިިދިޔަ ބުދަ ދުވަހުގެ ކުރިން ސަރުކާރުން ވަނީ އެ ފައިސާ މިފްކޯއާ ހަވާލުކޮށްފައިކަމަށެވެ.

މިނިސްޓަރު ޒަހާ ވަހީދު އިތުރަށް ވިދާޅުވީ، މިފްކޯގެ ހިންގުން ހަރުދަނާ ކުރަން ޖެހޭ ކަމަށާއި، އެހެން ނޫނީ ސަރުކާރުން ޖެހޭނީ އަބަދު ފައިސާ ދީދީ ހުންނަން ކަމަށެވެ. އަދި ކުންފުނީގެ ހިންގުން ހަރުދަނާވާ ވަރަކަށް އެހެން ކަންތައްތައްވެސް ހަރުދަނާ ވެގެންދާނެ ކަމަށެވެ.

ސަރުކާރުން މިފްކޯއަށް 37 މިލިއަން ރުފިޔާ ދީފައިވާ އިރު، މީގެ ކުރިންވެސް ސަރުކާރުން ވަނީ އެ ކުންފުންޏަށް 50 މިލިއަން ރުފިޔާގެ ލޯނެއް ވެސް ދީފަ އެވެ. މިއަދާ ހަމައަށް ޖުމްލަ 87 މިލިއަން ރުފިޔާ ސަރުކާރުން ވަނީ މިފްކޯ އާއި ހަވާލު ކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.