ދިވެހި ލީގްގައި ވިކްޓަރީ ކުޅުނު ފަހު މެޗުގައި، ގްރީން ސްޓްރީޓް އަތުން ދެ ލަނޑުގެ ތަފާތަކުން ބަލިވެ ލީގްގެ ފުލުގައި އޮވެ ވިކްޓަރީ ސްޕޯޓްސް ކުލަބުން ސީޒަން ނިންމާލައިފި އެވެ.
ވިކްޓަރީ ސްޕޯޓްސް ކުލަބު މެޗުން ބަލިވުމުން، ފ. ނިލަންދޫ ވަނީ ގަދަ ހައެއްގެ މަގާމު ޔަގީން ކޮށްފަ އެވެ.
ގްރީން ސްޓްރީޓް އާއި ވިކްޓަރީ ބައްދަލު ކުރި މެޗުގައި، ފުރަތަމަ ލީޑް ނެގީ ވިކްޓަރީންނެވެ. ވިކްޓަރީގެ މިރާހް މުހައްމަދު ވަނީ މެޗުގެ ދެ ވަނަ މިނެޓްގައި ލަނޑެއް ޖަހައިދީ ވިކްޓަރީއަށް ލީޑް ނަގައިދީފަ އެވެ. ވިކްޓަރީއަށް ލީޑްގައި އޮވެވުނީ އެންމެ ހަތް މިނެޓެއްހާއިރު އެވެ. ފަހަތުން އަރައި ގްރީން ސްޓްރީޓުން ވަނީ މެޗުގ ކާމިޔާބު ކޮށްފައެވެ. ވިކްޓަރީ އާއި ގްރީން ސްޓްރީޓް ކުޅުނު މެޗު ނިމުނީ 4-2 ގްރީން ސްޓްރީޓް މޮޅުވެގެންނެވެ.