އެކަށީގެންވާ މިންވަރަށް ސާފު ފެން ބުއިމަކީ ކޮންމެ މީހަކަށް ވެސް ކުރުން ވަރަށްމުހުންމު ކަމެކެވެ.

އެގޮތުން ހަށިގަނޑުގެ މަސްތަކުގައި 75 ޕަސަންޓު ފެން އެކުލެވިގެންވެއެވެ. ހަމަމިގޮތަށް އިންސާނާގެ ސިކުނޑީ 90 ޕަސަންޓަކީ ފެނެވެ. ކަށި ތަކުގައި 22 ޕަސަންޓު ފެން އެކުލެވިގެން ވެއެވެ. ލޭގައި 83 ޕަސަންޓު ފެން އެކުލެވިގެން ވެއެވެ. ޓިޝޫ ތަކާއި އެތެރެހަށީގެގުނަވަންތަކުގައި ވެސް ގިނައަދަކަށް ފެން އެކުލެވިގެންވެއެވެ.

ހަށިގަނޑު ބޭނުންވާ މިންވަރަށް ފެން ނުބޮވިއްޖެ ނަމަހަށިގަނޑަށް ފޫނުބެއްދޭ ވަރުގެ ގެއްލުންތަކަކާއި ކުރިމަތިލާންޖެހެއެވެ. އޭގެތެރޭގައި ވަރުބަލި ވުމާ ބޮލުގައި ރިއްސުމާއި މަސްގުޅަ ކެއުންފަދަ މައްސަލަތައް ދިމާވެއެވެ. މަދުން ފެންބޯނަމަ ކިޑުނީ މައްސަލަ ތަށް ދިމާ ވުމުގެ ފުރުސަތު ވެސް ވަރަށް ބޮޑެވެ. ފެނަކީ ކެންސަރު ބައްޔާއި ދެކޮޅަށްވެސް ބޭނުންކުރެވިދާނެ ހަތިޔާރެކެވެ.

ހަށިގަނޑުގައި ވަކިމިންވަރަކަށްވުރެ ފެންމަދުވެއްޖެނަމަ އެއީ ފުރާނައަށް ވެސް ނުރައްކާވެދާނެކަމެކެވެ. މިގޮތުން 20 ޕަސަންޓަށްވުރެ ފެން މަދުވެއްޖެނަމަ މަރުވުން އެކަށީގެންވެ އެވެ.

އެކަށީގެންވާ މިންވަރަށް ފެން ބުއިމުން މައިގްރޭން ހުންނަ މީހުންން ބޭހާއި ނުލައި އެ ބައްޔަށް ދާއިމި ފަރުވާއެއް ލިބެއެވެ. ފެނަކީހަށިގަނޑުގެ ބަރުދަން ލުއި ކުރުމަށް ވެސް ވަރަށް މުހިންމު ރޯލެއް އަދާ ކުރާއެކައްޗެވެ. ސަބަބަކީ ފެން ގިނައިން ބުއިމުން ބަނޑުހައިކަން ކުޑަވެ، ކެވޭމިންވަރު މަދުވުމެވެ. ހަޖަމްކުރުމަށް ވެސް ފެން މުހިންމު ރޯލެއް އަދާކުރެއެވެ.

މަސައްކަތުގައި އުޅުއްވާ ބޭފުޅުން ގިނައިން ފެންބުއިމުން މަސައްކަތުގެ ސްޕީޑް އިތުރުވެ، ކަންކަމަށް ސަމާލު ކަން ދިނުމަށް އިތުރަށްފަސޭހަވެއެވެ. އަދި ހަމައެގޮތަށް ކަސްރަތު ކުރުމަށް ބާރުލިބި ހަލާކުވެފައިވާ މަސްތައް އަލުން ރިކަވާވުމަށް ވެސް ފެން ބޭނުންވެއެވެ.

މިހެންކަމުން އެކަށީގެންވާ މިންވަރަށް ފެންބުއިމަކީ ހަށިގަނޑު ރީތިކޮށް ބެހެއްޓުމަށާއި، ރަނަގޅު ސިއްހަތެއްގައި ހުރުމަށްކުރެވޭނެ އެންމެ މުހިންމު އެއް މަސައްކަތެވެ. އެގޮތުން ގިނައިން ފެން ބުއިމުންހަންގަނޑު އޮމާންވެ، ޒުވާން ކަން މަތީ ގިނަދުވަހު ދެމިހުރެއެވެ. އެކަށީގެންވާމިންވަރަށް ފެން ބުއިމުން މީހާގެ މޫޑު ރަނގަޅުވެ، އުފާވެރިކަން އިހްސާސް ކުރެވޭނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.