އާފަލަކީ އަނގައިގެ ބަލިތަކުގެ ގުދުރަތީފަރުވާލެވެ. އާފަލުން ކުޅު އުފައްދާ ގްލޭންޑުތަކުގެ މަސައްކަތްތައް ވެސް ރަނަގަޅުކޮށްދެއެވެ. އާފަލުގައި އެކުލެވިގެންވާ މާއްދާތަކުން އަނގައިގައި ޖަރާސީމު އުފެދުން މަދުކޮށްދީދަތް ފަނި ކެއުމުން ވެސް ދުރު ކޮށްދެއެވެ.

ނާރުގެ ނިޒާމަށް ދިމާވާ ތަފާތު ބަލިތަކުގެ ސަބަބުން ހަށިގަނޑުގައި އެތައް ވޭނެއްއަޅައެވެ. އެހެން ނަމަވެސް އާފަލު ކެއުމުގެ ސަބަަބުންނާރުގެ ބަލި ތަކުން ސަލާމަތް ވުމަށް ފުރުސަތު ބޮޑެވެ. ކެންސަރުން ސަލާމަތްވެ ހުރުމަށް ވެސް އާފަލު ކެވިދާނެއެވެ. ދުވާލެއްގެ މައްޗައް މަދުވެގެން އެއް އާފަލުކާ މީހުނަށް ހަކުރު ބަލި ޖެހުމުގެ ފުރުސަތު ވެސް ކުޑަވެއެވެ. އާފަލުން ކޮލެސްޓްރޯލް ދަށްކޮށްދީ ހަށިގަނޑު ދުޅަހެޔޮ ސިއްހަތެއްގައި ބަހައްޓައި ދިނުމަށް އެހީތެރިވެދެއެވެ. ބޭރަށް ހިންގުމާއި ބަނޑު ހިކުން ފަދަ މައްސަލަތަކަށް ވެސް އޮތް ހައްލަކީ އާފަލެވެ.

ހިތުގެ ބަލިތަކާއި، ލޭ މައްޗައް ދިއުން، ފަދަ ބަލިތަކަކީ ބަރުދަން އިތުރުވުމުން ޖެހިދާނެ ބަލިތަކެވެ. މި ބަލިތަކުން ރައްކާތެރިވުމަށް ކޮންމެ ދުވަހަކު ވެސް އާފަލެއް ކެއުމަށް އާދަކުރައްވާށެވެ.

ކަންބޮޑުވެ މާޔޫސްވުމަކީ ބައެއް މީހުނަށް ކޮންމެ ދުވަހަކުހެން ދިމާވާ މައްސަލައެކެވެ. އެފަދަ މައްސަލަތަކުގެ ސަބަބުން ބައެއްމީހުންގެ ދިރިއުޅުމަށް ވަރަށް ނޭދެވޭ އަސަރު ފޯރައެވެ. ޑިޕްރެޝަނާއި މާޔޫސްވުމަށް ވެސް އޮތް އެންމެ ކަމުދާ "ބޭސް ގުޅަ" އަކީ އާފަލެވެ.   

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.