މިއަހަރުގެ ޖުލައިމަހުން ފެށިގެން ދަރިވަރުންނަށް ދޫކުރާ ސްޓޫޑެންޓު ލޯނު އަނބުރާ ދައްކާއިރު ދައްކަން ޖެހޭ އިންޓްރެސްޓްގެ ރޭޓުގެ ކަންކަން މިއަހަރުގެ ޖުލައިމަހުގެ ކުރިން ހަމަޖެހޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިސްމާއިލް ޒަބީހް ވިދާޅުވިގޮތުން، ކުރިން 5 ޕަސެންޓު އިންޓްރެސްޓަކާއި އެއްކޮށް އަނބުރާ ދައްކަން ޖެހޭ ސްޓޫޑެންޓު ލޯނުތަށް، 3 ފަސެންޓު އިންޓްރެސްޓަށް ކުޑަކޮށް، އާ އުސޫލުތަކެއް ހަމަޖައްސަން ނިންމައިފައިވާނެކަމަށެވެ. އަދި ބީއެމްއެލް އާއި ފިނޭންސް މިނިސްޓްރީ އަދި ހަޔާ އެޑިއުކޭޝަން ގުޅިގެން އެ މަސައްކަތްތައް ކުރިއަށްގެންދަމުން އަންްނަކަމަށް ޒަބީހް ވިދާޅުވިއެވެ.

"ލީގަލް ކަންތައްތަކެއް އުޅޭތީ ލަސްތަކެއް ވެގެން މި އަންނަނީ. އެކަމަކު ޖުުލައިގެ ކުރިން ކަންކަން ހަމަޖެހިގެންދާނެ،" ޒަބީހު ވިދާޅުވި އެވެ.

ރާއްޖެއިން ބޭރަށް ކިޔަވަން ދާ ކުދިންނަށް ސަރުކާރު ބޭންކުން ދޫކުރާ ލޯނުތަކުގެ އިންޓްރެސްޓު ކުޑަކުރުމާއި އެ ލޯނު އަނބުރާ ދައްކަން ޖެހޭ މުއްދަތު އިތުރުކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *