ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ހުރިހާ ދިވެހި ރައްޔިތުންނާއި ދިވެހި ދައުލަތް ސާބިތުވެ ތިބޭނެކަމުގެ ޔަގީންކަން ދެއްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ފަލަސްތީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަގްވާމީ ދުވަހުގެ މުނާސަބަތުގައި ރައީސް އިއްޔެ ފޮނުވި މެސެޖްގައި ވިދާޅުވީ، ފަލަސްތީނުގެ އަމަންއަމާންކަމާއި އިންސާފު ގާއިމުކުރުމުގަ އާއި ސަލާމަތާއި ރައްކާތެރިކަން ހޯދައިދިނުމުގައި ރާއްޖޭގެ ރައްޔިތުން ފަލަސްތީނުގެ ރައްޔިތުންނާއިއެކު އަބަދުވެސް އެއްބާރުލުން ދެމުން ގެންދަވާ ކަމުގައެވެ.

ފަލަސްތީނާއި އިޒްރޭލާއި ދެމެދު ހިނގާ ހަމަނުޖެހުންތައް ހައްލުވާން އޮތީ، ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި ބަލައިގަނެ ފަލަސްތީނަކީވެސް މިނިވަން ދައުލަތެއް އޮތް ގައުމެއް ކަމުގައި ބަލައިގަނެ، އިޒްރޭލާއި ފަލަސްތީނަކީ ދެގައުމެއް ގޮތުގައި އޮންނަ އޮތުމަށް އަލުން ރުޖޫއަ ވެގެން ކަމަށެވެ.

އޭގެ އިތުރަށް ރައީސް ސޯލިހް ވިދާޅުވީ، އިޒްރޭލާއި ފަލަސްތީނުގައި އަބަދަށް ދެމެހެއްޓެނިވި ގޮތެއްގައި ސުލްހަ މަސަލަސްކަން ގާއިމުކޮށް، ހަނގުރާމަ އާއި ލޭއޮހޮރުވުންތައް ހުއްޓުވޭނީ ދެ ދައުލަތް މަޝްވަރާކުރުމަށް ފުރުސަތުދީގެން ކަމަށްވެސް ވިދާޅުވި އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.