ކަނޑު މަހުގެ ބާވަތްތައް ބޭނުން ކުރުމުން "އެސްތްމާ" ނުވަތަ ނޭވާ ހިއްލާ ބަލިން ކުޑަކުދިން ސަލާމަތް ކުރެވޭ މިންވަރު އިތުރުކަމަށް ދިރާސާ ތަކުން ދައްކައިފިއެވެ. އޮސްޓްރޭލިޔާގެ ޔުނިވާސިޓިއެއް ކަމަށްވާ "ލަ ޓްރޯބް ޔުނިވާސިޓީ" އިން ކުރިއަށް ގެންދިޔަ ދިރާސާ އަކުން ދައްކާ ގޮތުގައި ކަނޑު މަހުގެ ބާވަތްތައް ގަވާއިދުން ބޭނުން ކުރުމުން ނޭވާލާ ނިޒާމުގެ ބަލިތަކުން ރައްކާތެރި ކޮށްދީ ފުއްޕާމޭ ވަރުގަދަ ކޮށްދެއެވެ.

މި ދިރާސާ ކުރިއަށް ގެންދިއުމުގައި އެންމެ އިސްކޮށް އުޅުއްވި ޑޮކްޓަރު "މާރިޔާ ޕަޕަމިކާލް" ވިދާޅުވި ގޮތުގައި ކަނޑުމަސް ކެއުމުން ކުޑަދަރިފުޅު ހެދި ބޮޑުވުމުގައި އިތުރު ފުރިހަމަ ކަމެއް ގެނުވައިދެއެވެ. އަދި ކުޑަކުދިންގެ މެދުގައި ކަނޑުމަސް ބޭނުން ކުރާ މިންވަރު އިތުރު ކޮށްފިނަމަ ދިފާއީ ނިޒާމުވެސް ވަރުގަދަ ވާކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

"އަޅުގަނޑުމެންނަށް އެބަ އިނގޭ ކުޑަކުދިންގެ މެދުގައި ނޭވާ ހިއްލުމަކީ ވަރަށް އާންމު ކަމެއް ކަން، މި ބަލިން ރައްކައުތެރިވެވޭނެ ގޮތްގޮތްވެސް އެބަ އިނގޭ، ދެރަ ކަމަކީ މި ބަލިން ރައްކައުތެރިވެވޭނެ ގޮތްތައް އިނގޭއިރުވެސް ބައެއް ބެލެނިވެރިން ދަރިފުޅުގެ ކެއުމަށް ފަރުވާ ކުޑަ ކުރާކަން، ހޯދާ ހޯދުންތަކުގެ އަލީގައި ދަރިފުޅުގެ ކެއުމުގެ ކަންތައްތަކަށް ވީހާވެސް ބޮޑަށް ފަރުވާތެރިވާން އެބަ ޖެހޭ"

މި ދިރާސާގައި ގްރީސްގެ އެތެންސް އިން ޖުމްލަ 64 ކުދިން ބައިވެރިވިއެވެ. މި 64 ކުދިންނަކީވެސް ކޮންމެވެސް ވަރަކަށް އެސްތްމާ ބަލި ޖެހިފައިވާ ކުދިންނެވެ. މިކުދިން ދެ ގުރޫޕަކަށް ބަހައިލައިގެން ދިރާސާ ކުރިއަށް ގެންގޮސްފައިވާއިރު އެތަނުން އެއް ގްރޫޕް ގެ ކުދިން ހަ މަސް ވަންދެން މަހުގެ ބާވަތްތައް ކެއުމުގައި ބޭނުން ކޮށްފައިވާއިރު، އަނެއް ގުރޫޕް ގެ ކުދިން ކެއުމުގައި ބޭނުން ކޮށްފައިވަނީ އާދައިގެ މަތިން އެ ކުދިން ކެއުމުގައި ބޭނުން ކުރާ ބާވަތްތަކެވެ. ހަ މަސް ދުވަހުގެ މި ދިރާސާ ނިމުނު އިރު މަހުގެ ބާވަތްތައް ބޭނުން ކުރި ކުދިންގެ އެސްތްމާ ބަލި އެތައް ގުނަ އަކަށް ރަނގަޅުވިކަން ދިރާސާގެ ރިޕޯޓުން ދައްކައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.