އަމިއްލަ ފަރާތްތަކުން ޤަވާއިދާއި ޚިލާފަށް ޕެޓްރޯލުގެ ވިޔަފާރި ކުރަމުން ދާކަމަށް ފުލުހުންނަށް ފާހަގަކުރެވިފައިވާކަމަށް މިއަދު ބުނެފިއެވެ.
ފުޅިފުޅިއަށް އަޅައި ބަންދުކޮށް ދަންވަރު ގަޑިތަކުގައާއި ދުވާލުގެ ގިނަވަގުތުތަކުގައި ބައެއް ގޭގޭގައި އަދި ގަރާޖު ފަދަ ތަންތަނުގައި ޕެޓްރޯލު ވިއްކައި ވިޔަފާރި ކުރަމުން ދާކަމަށް ފުލުހުން ވަނީ ބުނެފައެވެ. ޕެޓްރޯލު ވިއްކުމާއި ވިޔަފާރި ކުރަމުގެ އިތުރުން މާލެއާއި ހުޅުމާލޭގައި ޕެޓްރޯލު ޑެލިވަރީ ކުރަމުން ގެންދާކަން ފުލުހުންނަށް ފާހަގަވެފައި ވާކަމަށް ބުނެފައިވެއެވެ.
މި ގޮތަށް ހުއްދަނެތި އަމިއްލަ ފަރާތްތަކުން ޕެޓްރޯލު ވިއްކައި ވިޔަފާރި ކުރުމަކީ، ވިޔަފާރި ކުރުމުގެ ގަވާއިދާއި ޚިލާފު ކަމެއްކަމަށާއި މިކަމުގައި ހުރި ނުރައްކާތެރިކަން ފާހަގަކޮށް މިކަން ނުކުރުމަށް ފުލުހުންވަނީ އަންގާފައެވެ.