ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ކުރެވިފައިވާ މަނީީ ލޯންޑެނިންގ ގެ މައްސަލައިގެ ތުހުމަތާއި ގުޅިގެން، އެކަމުގެ ޝަރީއަތް ބޭއްވުމަށް މާދަމާ ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފިއެވެ.
އެ މައްސަލައާއި ގުޅޭގޮތުން މާދަމާ ތާވަލް ކުރެވިފައިވަނީ އިޖުރާތައް ފުރިހަމަކުރުމެވެ.
ކްރިމިނަލް ކޯޓުގައި މައްސަލައިގެ ޝަރީއަތް ބޭއްވުމަށް ތާވަލްކޮށްފައިވަނީ މާދަމާ މެންދުރުފަހު 13:00 ގައެވެ.
މީގެ ކުރިންވެސް ވަނީ މި މައްސަލައާއި ގުޅިގެން އަޑުއެހުމެއް ބާއްވައިފައެވެ. އެ އަޑު އިއްވުމުގައި ނިންމީ ރައީސް ޔާމީންގެ ބަންދާއި ބެހޭ ގޮތުންނެވެ.